ٱللَّهُ يَتَوَفَّى ٱلۡأَنفُسَ حِينَ مَوۡتِهَا وَٱلَّتِي لَمۡ تَمُتۡ فِي مَنَامِهَاۖ فَيُمۡسِكُ ٱلَّتِي قَضَىٰ عَلَيۡهَا ٱلۡمَوۡتَ وَيُرۡسِلُ ٱلۡأُخۡرَىٰٓ إِلَىٰٓ أَجَلٖ مُّسَمًّىۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ
نفس ތައް މަރުވާހިނދު، އެ نفس ތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّه އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
أَمِ ٱتَّخَذُواْ مِن دُونِ ٱللَّهِ شُفَعَآءَۚ قُلۡ أَوَلَوۡ كَانُواْ لَا يَمۡلِكُونَ شَيۡـٔٗا وَلَا يَعۡقِلُونَ
ނުވަތަ އެއުރެން، اللَّه ފިޔަވައި އެހެން شفاعة ތެރިންތަކެއް ހޯދީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެ شفاعة ތެރިންނަށް އެއްވެސް އެއްޗެއް މިލްކުވެގެންނުވާ، އަދި ބުއްދިއެއް ނުވާނަމަވެސް ހެއްޔެވެ؟
قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعٗاۖ لَّهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ ثُمَّ إِلَيۡهِ تُرۡجَعُونَ
ކަލޭގެފާނު ވިދާޅުވާށެވެ! شفاعة ތެރިކަންވަނީ، މުޅިންވެސް اللَّه އަށެވެ. އުޑުތަކާއި ބިމުގެވެރިކަން ވަނީވެސް އެކަލާނގެއަށެވެ. ދެން ތިޔަބައިމީހުން رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ.
وَإِذَا ذُكِرَ ٱللَّهُ وَحۡدَهُ ٱشۡمَأَزَّتۡ قُلُوبُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ
ހަމައެކަނި اللَّه ގެ اسم ފުޅު ނަންގަނެވޭހިނދު، آخرة އަށް إيمان ނުވާމީހުންގެ ހިތްތަކަށް ފޫހިކަމާއި، نفرت ކަން ލިބިގެންދެތެވެ. އަދި އެކަލާނގެ ފިޔަވައި އެހެންތަކެތީގެ ނަން (އެބަހީ: ބުދުތަކުގެނަން) ގަނެވިއްޖެނަމަ، އެހާރުން އެއުރެން އުފާވެގެންދެތެވެ.