يَـٰٓأَهۡلَ ٱلۡكِتَٰبِ لِمَ تُحَآجُّونَ فِيٓ إِبۡرَٰهِيمَ وَمَآ أُنزِلَتِ ٱلتَّوۡرَىٰةُ وَٱلۡإِنجِيلُ إِلَّا مِنۢ بَعۡدِهِۦٓۚ أَفَلَا تَعۡقِلُونَ

އޭ ފޮތުގެ أهل ވެރިންނޭވެ! إبراهيم ގެފާނަށް ފަހުގައި މެނުވީ، توراة އާއި، إنجيل ބާވައިލައްވާފައި ނުވާއިރު، إبراهيم ގެފާނާ މެދުގައި ތިޔަބައިމީހުން ޖަދަލު ކުރަނީ ކީއްވެގެން ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟


هَـٰٓأَنتُمۡ هَـٰٓؤُلَآءِ حَٰجَجۡتُمۡ فِيمَا لَكُم بِهِۦ عِلۡمٞ فَلِمَ تُحَآجُّونَ فِيمَا لَيۡسَ لَكُم بِهِۦ عِلۡمٞۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ

ބަލަ! ތިޔަބައިމީހުން އެކަމެއްގެ علم ތިޔަބައިމީހުންނަށް ލިބިގެންވާ ކަމަކާމެދުގައި ޖަދަލުކޮށްފީމުއެވެ. ދެން، އެކަމެއްގެ علم ތިޔަބައިމީހުންނަށް ލިބިގެންނުވާ ކަމަކާ މެދުގައި ޖަދަލުކުރަނީ ކީއްވެގެންހެއްޔެވެ؟ (އެކަންތައް) ދެނެވޮޑިގެންވަނީ اللَّه އެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.


مَا كَانَ إِبۡرَٰهِيمُ يَهُودِيّٗا وَلَا نَصۡرَانِيّٗا وَلَٰكِن كَانَ حَنِيفٗا مُّسۡلِمٗا وَمَا كَانَ مِنَ ٱلۡمُشۡرِكِينَ

يهودى އެއް ކަމުގައިވެސް އަދި، نصرانى އެއް ކަމުގައިވެސް إبراهيم ގެފާނު ނުވެއެވެ. އަދި، ކިއެއްތަ! އެކަލޭގެފާނު ވަނީ باطل މަގުން އެއްކިބާވެ، حق دين އަށް تبع ވެގެންވާ مسلم އަކު ކަމުގައެވެ. އަދި، شريك ކުރާ މީހުންގެ ތެރެއަކުންވެސް އެކަލޭގެފާނު ނުވެއެވެ.


إِنَّ أَوۡلَى ٱلنَّاسِ بِإِبۡرَٰهِيمَ لَلَّذِينَ ٱتَّبَعُوهُ وَهَٰذَا ٱلنَّبِيُّ وَٱلَّذِينَ ءَامَنُواْۗ وَٱللَّهُ وَلِيُّ ٱلۡمُؤۡمِنِينَ

ހަމަކަށަވަރުން، މީސްތަކުންކުރެ، إبراهيم ގެފާނަށް (نسبة ވުމުގައި) އެންމެ أولى ކަން ބޮޑީ، އެކަލޭގެފާނަށް تبع ވީ މީހުންނާއި، މި ނަބިއްޔާއާއި، (އެބަހީ: محمد ގެފާނާއި) إيمان ވި މީހުންނެވެ. اللَّه އީ، إيمان ވި މީހުންނަށް އެހީތެރިވެ ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.



الصفحة التالية
Icon