۞أَلَمۡ تَرَ إِلَى ٱلَّذِينَ نَافَقُواْ يَقُولُونَ لِإِخۡوَٰنِهِمُ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ لَئِنۡ أُخۡرِجۡتُمۡ لَنَخۡرُجَنَّ مَعَكُمۡ وَلَا نُطِيعُ فِيكُمۡ أَحَدًا أَبَدٗا وَإِن قُوتِلۡتُمۡ لَنَنصُرَنَّكُمۡ وَٱللَّهُ يَشۡهَدُ إِنَّهُمۡ لَكَٰذِبُونَ

منافق ވިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ފޮތުގެ أهل ވެރިންކުރެ كافر ވެގެންތިބި އެއުރެންގެ أخ ންނަށް އެއުރެން ބުނެތެވެ. ތިޔަބައިމީހުން (ރަށުން) ނެރެލައިފިނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނާއެކު ތިމަންމެންވެސް ނުކުންނާނަމެވެ. ތިޔަބައިމީހުންނަށް ގެއްލުންދިނުމުގައި ދުވަހަކުވެސް އެއްވެސް މީހަކަށް ތިމަންމެން ކިޔަމަނެއް ނުވާނޫއެވެ. އަދި ތިޔަބައިމީހުންނާ ދެކޮޅަށް ހަނގުރާމަ ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންމެން ތިޔަބައިމީހުންނަށް نصر ދޭހުށީމުއެވެ. ހަމަކަށަވަރުން އެއުރެންނީ، ދޮގުވެރިންކަމަށް اللَّه ހެކިވެވޮޑިގެންވެތެވެ.


لَئِنۡ أُخۡرِجُواْ لَا يَخۡرُجُونَ مَعَهُمۡ وَلَئِن قُوتِلُواْ لَا يَنصُرُونَهُمۡ وَلَئِن نَّصَرُوهُمۡ لَيُوَلُّنَّ ٱلۡأَدۡبَٰرَ ثُمَّ لَا يُنصَرُونَ

ހަމަކަށަވަރުން، އެއުރެން ނެރެލައިފިނަމަ، އެއުރެންނާއެކު އެއުރެންނެއް ނުނިކުންނާނެތެވެ. އަދި ހަމަކަށަވަރުން، އެއުރެންނާ ހަނގުރާމަކޮށްފިނަމަ، އެއުރެންނަކަށް އެއުރެން نصر އެއްވެސް ނުދޭނެތެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް نصر ދިނުމަށް ނުކުތަސް، އެއުރެން ފުރަގަސްދީ ފިލަންދުވާނެކަން ކަށަވަރެވެ. ދެން އެއުރެންނަކަށް (އެއްވެސް ފަރާތަކުން) نصر އެއް ނުލިބޭނެތެވެ.


لَأَنتُمۡ أَشَدُّ رَهۡبَةٗ فِي صُدُورِهِم مِّنَ ٱللَّهِۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَفۡقَهُونَ

އެއުރެންގެ ހިތްތަކުގައި اللَّه އަށްވުރެން ތިޔަބައިމީހުންދެކެ ގަންނަ ބިރު ބޮޑުކަން ކަށަވަރެވެ. އެއީ އެއުރެންނީ، ނުވިސްނޭ ބަޔަކުކަމުގައިވާ ކަމަށްޓަކައެވެ.



الصفحة التالية
Icon