فَكَانَ عَٰقِبَتَهُمَآ أَنَّهُمَا فِي ٱلنَّارِ خَٰلِدَيۡنِ فِيهَاۚ وَذَٰلِكَ جَزَـٰٓؤُاْ ٱلظَّـٰلِمِينَ

އެ ދެމީހުންގެ ނިމުމެއް ކަމުގައިވާނީ، އެ ދެމީހުން ނަރަކަޔަށް ވަނުމެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އަދި އެއީ އަނިޔާވެރިންގެ ޖަޒާއެވެ.


يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَلۡتَنظُرۡ نَفۡسٞ مَّا قَدَّمَتۡ لِغَدٖۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعۡمَلُونَ

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ކޮންމެ نفس އެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ عمل އެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.


وَلَا تَكُونُواْ كَٱلَّذِينَ نَسُواْ ٱللَّهَ فَأَنسَىٰهُمۡ أَنفُسَهُمۡۚ أُوْلَـٰٓئِكَ هُمُ ٱلۡفَٰسِقُونَ

އަދި اللَّه ހަނދުމަ ނައްތައިލި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! ފަހެ، އެކަލާނގެ އެއުރެންގެ އަމިއްލަ نفس ތައް ހަނދުމަނެތިކޮށްލެއްވިއެވެ. އެއުރެންނީ، ހަމަ فاسق ންނެވެ.


لَا يَسۡتَوِيٓ أَصۡحَٰبُ ٱلنَّارِ وَأَصۡحَٰبُ ٱلۡجَنَّةِۚ أَصۡحَٰبُ ٱلۡجَنَّةِ هُمُ ٱلۡفَآئِزُونَ

ނަރަކައިގެ أهل ވެރިންނާއި، ސުވަރުގޭގެ أهل ވެރިން ހަމަހަމައެއް ނުވާނެތެވެ. ސުވަރުގޭގެ أهل ވެރިންނީ، ހަމަ نصيب ލިބިގެންވާ މީހުންނެވެ.



الصفحة التالية
Icon