ضُرِبَتۡ عَلَيۡهِمُ ٱلذِّلَّةُ أَيۡنَ مَا ثُقِفُوٓاْ إِلَّا بِحَبۡلٖ مِّنَ ٱللَّهِ وَحَبۡلٖ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٖ مِّنَ ٱللَّهِ وَضُرِبَتۡ عَلَيۡهِمُ ٱلۡمَسۡكَنَةُۚ ذَٰلِكَ بِأَنَّهُمۡ كَانُواْ يَكۡفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقۡتُلُونَ ٱلۡأَنۢبِيَآءَ بِغَيۡرِ حَقّٖۚ ذَٰلِكَ بِمَا عَصَواْ وَّكَانُواْ يَعۡتَدُونَ

އެއުރެންވީ، ކޮންމެތަނެއްގައިވެސްް، އެއުރެންގެ މައްޗަށް ދެރަކަމާއި، ނިކަމެތިކަން ލައްވާފައިވެއެވެ. اللَّه ގެ عهد އަކުން ނުވަތަ މީސްތަކުންގެ عهد އަކުން (ރައްކާތެރިކަން ލިބިގެންފުމުން) މެނުވީއެވެ. އަދި، اللَّه ގެ ކޯފާއާއިގެން އެއުރެން އެނބުރި އަޔެވެ. އަދި، مسكين ކަން އެއުރެންގެ މައްޗަށް ލައްވާފައިވިއެވެ. އެއީ، އެއުރެން اللَّه ގެ آية ތަކަށް كافر ވެ އަދި، حق އަކާ ނުލައި، ނަބިއްޔުން قتل ކޮށް އުޅުނުކަމަށްޓަކައެވެ. އެއީ، އެއުރެން އުރެދުނުކަމަށްޓަކައެވެ. އަދި، އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ.


۞لَيۡسُواْ سَوَآءٗۗ مِّنۡ أَهۡلِ ٱلۡكِتَٰبِ أُمَّةٞ قَآئِمَةٞ يَتۡلُونَ ءَايَٰتِ ٱللَّهِ ءَانَآءَ ٱلَّيۡلِ وَهُمۡ يَسۡجُدُونَ

އެއުރެން، ހަމަހަމަވެގެނެއް ނުވެއެވެ. ފޮތުގެ أهل ވެރިންގެ ތެރެއިން ސީދާކަންމަތީ قائم ވެ ތިބޭ ބަޔަކުވެއެވެ. އެއުރެން ރޭގަނޑުގެ ވަގުތުތަކުގައި سجدة ކޮށް ނަމާދުކުރާ حال، اللَّه ބާވައިލެއްވި آية ތައް ކިޔަވަތެވެ.


يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَيَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِ وَيُسَٰرِعُونَ فِي ٱلۡخَيۡرَٰتِۖ وَأُوْلَـٰٓئِكَ مِنَ ٱلصَّـٰلِحِينَ

اللَّه އަށާއި، آخرة ދުވަހަށް އެއުރެން إيمان ވެތެވެ. އަދި، އެއުރެން ހެޔޮކަންތަކަށް أمر ކޮށް، ނުބައިކަންތައް ނަހީކުރެތެވެ. އަދި، ހެޔޮކަންތައް ކުރުމަށް އެއުރެން އަވަސްވެގަނެތެވެ. އެއުރެންވަނީ صالح ންގެ ތެރެއިންނެވެ.



الصفحة التالية
Icon