وَمَا يَفۡعَلُواْ مِنۡ خَيۡرٖ فَلَن يُكۡفَرُوهُۗ وَٱللَّهُ عَلِيمُۢ بِٱلۡمُتَّقِينَ
ހެޔޮކަމުގެ ތެރެއިން އެއުރެންކުރާ އެއްވެސްކަމެއް، ފަހެ، އެކަމެއްގެ ثواب ން އެއުރެން محروم ނުކުރައްވާހުށްޓެވެ. اللَّه އީ، تقوى ވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
إِنَّ ٱلَّذِينَ كَفَرُواْ لَن تُغۡنِيَ عَنۡهُمۡ أَمۡوَٰلُهُمۡ وَلَآ أَوۡلَٰدُهُم مِّنَ ٱللَّهِ شَيۡـٔٗاۖ وَأُوْلَـٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ
ހަމަކަށަވަރުން، كافر ވި މީހުންނަކަށް އެއުރެންގެ މުދާތަކެއްވެސް އަދި، އެއުރެންގެ ދަރިންތަކެއްވެސް، އެއުރެންނަށްޓަކައި، اللَّه ގެ حضرة ން އެއްވެސް ކަމެއް ފުއްދައެއް ނުދޭނެތެވެ. އަދި، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.
مَثَلُ مَا يُنفِقُونَ فِي هَٰذِهِ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَثَلِ رِيحٖ فِيهَا صِرٌّ أَصَابَتۡ حَرۡثَ قَوۡمٖ ظَلَمُوٓاْ أَنفُسَهُمۡ فَأَهۡلَكَتۡهُۚ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِنۡ أَنفُسَهُمۡ يَظۡلِمُونَ
މި ދުނިޔޭގެ حياة ގައި، އެއުރެން (އެބަހީ: كافر ވި މީހުން) ހޭދަކުރާ އެއްޗެއްގެ مثال އަކީ، އެ ވައިރޯޅީގައި ގަދަ ފިނިކަމެއް (ނުވަތަ ގަދަ ހޫނުކަމެއް) ވާ، ވައިރޯޅިއެއް، އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާކުޅަ ބަޔެއްގެ ދަނޑަށްޖެހި، އެ ދަނޑު ހަލާކުކޮށްލި ވައިރޯޅީގެ މިސާލެވެ. اللَّه، އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް، އެއުރެން އަނިޔާކުރަނީއެވެ.