فَـَٔاتَىٰهُمُ ٱللَّهُ ثَوَابَ ٱلدُّنۡيَا وَحُسۡنَ ثَوَابِ ٱلۡأٓخِرَةِۗ وَٱللَّهُ يُحِبُّ ٱلۡمُحۡسِنِينَ

ދެންފަހެ، ދުނިޔޭގެ ثواب އާއި، آخرة ގެ ރިވެތި ثواب އެއުރެންނަށް اللَّه ދެއްވިއެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.


يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن تُطِيعُواْ ٱلَّذِينَ كَفَرُواْ يَرُدُّوكُمۡ عَلَىٰٓ أَعۡقَٰبِكُمۡ فَتَنقَلِبُواْ خَٰسِرِينَ

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! كافر ވި މީހުންނަށް ތިޔަބައިމީހުން ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ފުރަގަހަށް އެއުރެން ތިޔަބައިމީހުން އަނބުރާ ރައްދުކޮށްފާނެތެވެ. (އެބަހީ: ތިޔަބައިމީހުން دين ން ބޭރުކޮށްފާނެތެވެ.) ފަހެ، (އެހިނދު) ތިޔަބައިމީހުން އެނބުރިދާނީ، ގެއްލެނިވެގެންވާ حال ގައެވެ.


بَلِ ٱللَّهُ مَوۡلَىٰكُمۡۖ وَهُوَ خَيۡرُ ٱلنَّـٰصِرِينَ

އަދި، ކިއެއްތަ! ތިޔަބައިމީހުންނަށް نصر ދެއްވާ އެހީތެރިޔަކީ اللَّه އެވެ. އަދި، نصر ދެއްވާ އެންމެ ހެޔޮފަރާތަކީ އެކަލާނގެއެވެ.


سَنُلۡقِي فِي قُلُوبِ ٱلَّذِينَ كَفَرُواْ ٱلرُّعۡبَ بِمَآ أَشۡرَكُواْ بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗاۖ وَمَأۡوَىٰهُمُ ٱلنَّارُۖ وَبِئۡسَ مَثۡوَى ٱلظَّـٰلِمِينَ

كافر ވި މީހުންގެ ހިތްތަކަށް ނިކަންހުރެ ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާހުށީމެވެ. (އެއީ) އެތަކެއްޗަށް اللَّه އެއްވެސް ބާރެއް ބާވައިލައްވާފައިނުވާ ތަކެތި، اللَّه އާ އެއްފަދަކޮށް، އެއުރެން شريك ކުޅަކަމަށްޓަކައެވެ. އަދި، އެއުރެން ތިބެނިވި ތަނަކީ، ނަރަކަޔެވެ. އެއީ، އަނިޔާވެރިން (އެބަހީ: مشرك ން) ތިބުމަށް ހާދަހާ ނުބައި ތަނެކެވެ.



الصفحة التالية
Icon