ٱلَّذِينَ يَبۡخَلُونَ وَيَأۡمُرُونَ ٱلنَّاسَ بِٱلۡبُخۡلِ وَيَكۡتُمُونَ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضۡلِهِۦۗ وَأَعۡتَدۡنَا لِلۡكَٰفِرِينَ عَذَابٗا مُّهِينٗا

އެއުރެންނީ، ދަހިވެތިވާ މީހުންނެވެ. އަދި، ދަހިވެތިވުމަށް މީސްތަކުންނަށް أمر ކުރާ މީހުންނެވެ. އަދި، اللَّه، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެބަޔަކަށް ދެއްވާފައިވާ ތަކެއްޗާއި ކަންތައް ވަންހަނާކުރާ މީހުންނެވެ. كافر ންނަށްޓަކައި، އިހާނަތްތެރި عذاب ތިމަންރަސްކަލާނގެ ތައްޔާރު ކުރެއްވީމެވެ.


وَٱلَّذِينَ يُنفِقُونَ أَمۡوَٰلَهُمۡ رِئَآءَ ٱلنَّاسِ وَلَا يُؤۡمِنُونَ بِٱللَّهِ وَلَا بِٱلۡيَوۡمِ ٱلۡأٓخِرِۗ وَمَن يَكُنِ ٱلشَّيۡطَٰنُ لَهُۥ قَرِينٗا فَسَآءَ قَرِينٗا

އަދި، އެއުރެންނަކީ، މީސްތަކުންނަށް ދެއްކުމަށްޓަކައި އެއުރެންގެ މުދާތައް ހޭދަކޮށް އުޅޭމީހުންނެވެ. އަދި، اللَّه އަށާއި، آخرة ދުވަހަށް إيمان ނުވާ މީހުންނެވެ. شيطان އާ، އެމީހެއްގެ އެކުވެރިޔަކު ކަމުގައިވާ މީހާ، (ދަންނާށެވެ!) ފަހެ، އެކަލޭގެއީ، ހާދަހާ ނުބައިވެގެންވާ އެކުވެރިއެކެވެ.


وَمَاذَا عَلَيۡهِمۡ لَوۡ ءَامَنُواْ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَأَنفَقُواْ مِمَّا رَزَقَهُمُ ٱللَّهُۚ وَكَانَ ٱللَّهُ بِهِمۡ عَلِيمًا

އެއުރެން اللَّه އަށާއި، آخرة ދުވަހަށް إيمان ވެ، އެއުރެންނަށް اللَّه ދެއްވި ތަކެތިން އެއުރެން ހޭދަކޮށްއުޅުނުނަމަ، އެއުރެންގެ މައްޗަށް އޮތީ ކޮންކަމެއްހެއްޔެވެ؟ އެއުރެންގެ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.



الصفحة التالية
Icon