ثُمَّ قَسَتۡ قُلُوبُكُم مِّنۢ بَعۡدِ ذَٰلِكَ فَهِيَ كَٱلۡحِجَارَةِ أَوۡ أَشَدُّ قَسۡوَةٗۚ وَإِنَّ مِنَ ٱلۡحِجَارَةِ لَمَا يَتَفَجَّرُ مِنۡهُ ٱلۡأَنۡهَٰرُۚ وَإِنَّ مِنۡهَا لَمَا يَشَّقَّقُ فَيَخۡرُجُ مِنۡهُ ٱلۡمَآءُۚ وَإِنَّ مِنۡهَا لَمَا يَهۡبِطُ مِنۡ خَشۡيَةِ ٱللَّهِۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعۡمَلُونَ

ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ގާވެ ހަރުކަށިވިއެވެ. ފަހެ، އެ ހިތްތައް ހިލައެކޭ އެއްފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ. (އެހެނީ) ހަމަކަށަވަރުން، އެއިން ފެން ކޯރުތައް އުފެދިގެން އަންނަ ހިލަ، ހިލަތަކުގެ ތެރެއިންވެއެވެ. އަދި ހަމަކަށަވަރުން، ފަޅިފަޅިވެގެންގޮސް އެއިން ފެން ނިކުންނަ ހިލަވެސް އޭގެތެރެއިން ވެއެވެ. އަދި ހަމަކަށަވަރުން، اللَّه އަށް ބިރުުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަވެސް އޭގެތެރެއިން ވެއެވެ. ތިޔަބައިމީހުން ކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ.


۞أَفَتَطۡمَعُونَ أَن يُؤۡمِنُواْ لَكُمۡ وَقَدۡ كَانَ فَرِيقٞ مِّنۡهُمۡ يَسۡمَعُونَ كَلَٰمَ ٱللَّهِ ثُمَّ يُحَرِّفُونَهُۥ مِنۢ بَعۡدِ مَا عَقَلُوهُ وَهُمۡ يَعۡلَمُونَ

ފަހެ، ތިޔަބައިމީހުންނަށް (އެބަހީ: رسول އާ އާއި مؤمن ންގެ ގޮވާލުމަށް) އެއުރެން (އިޖާބަދީ) إيمان ވުމަށް، ތިޔަބައިމީހުން އުންމީދު ކުރަނީ ހެއްޔެވެ؟ اللَّه ގެ كلام ފުޅު އަހައި، އެއުރެން އެ كلام ފުޅު ވިސްނައި ދެނެގަތުމަށްފަހު، އެއުރެން ދެނެތިބެ، ދެން އެ كلام ފުޅު ބަދަލުކުރާ ބަޔަކު އެއުރެންގެ ތެރެއިން ވާކަން ކަށަވަރެވެ.


وَإِذَا لَقُواْ ٱلَّذِينَ ءَامَنُواْ قَالُوٓاْ ءَامَنَّا وَإِذَا خَلَا بَعۡضُهُمۡ إِلَىٰ بَعۡضٖ قَالُوٓاْ أَتُحَدِّثُونَهُم بِمَا فَتَحَ ٱللَّهُ عَلَيۡكُمۡ لِيُحَآجُّوكُم بِهِۦ عِندَ رَبِّكُمۡۚ أَفَلَا تَعۡقِلُونَ

އަދި إيمان ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ إيمان ވެގެންނެވެ. އަދި އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ، އެއްތަންވެއްޖެނަމަ، އެއުރެން ބުނެތެވެ. (توراة ގައި) اللَّه ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވައި އަންގަވާފައިވާ އެންގެވުންތަކުގެ ވާހަކަ އެއުރެންނަށް (އެބަހީ: مسلم ންނަށް) ތިޔަބައިމީހުން ކިޔައިދެނީ ހެއްޔެވެ؟ (އޭރުން) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި އެއިން ތިޔަބައިމީހުންގެ މައްޗަށް އެއުރެން (އެބަހީ: مسلم ން) حجة ދައްކައިފާނެތެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟



الصفحة التالية
Icon