أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٍ

ހަމަކަށަވަރުން، އުޑުތަކާއި ބިމުގެ ވެރިކަން اللَّه އަށް މިލްކުވެގެންވާ ކަމާއި، اللَّه ފިޔަވައި ތިޔަބައިމީހުންނަށް އެއްވެސް އެހީތެރިޔަކު އަދި نصر ދޭނޭ މީހަކުވެސް ނެތްކަން ކަލޭގެފާނު ދެނެވަޑައި ނުގަންނަވަމުތޯއެވެ؟


أَمۡ تُرِيدُونَ أَن تَسۡـَٔلُواْ رَسُولَكُمۡ كَمَا سُئِلَ مُوسَىٰ مِن قَبۡلُۗ وَمَن يَتَبَدَّلِ ٱلۡكُفۡرَ بِٱلۡإِيمَٰنِ فَقَدۡ ضَلَّ سَوَآءَ ٱلسَّبِيلِ

އަދި ކިއެއްތަ! މީގެކުރިން موسى ގެފާނާ سؤال ކުރި ފަދައިން، ތިޔަބައިމީހުންގެ رسول އާއާ سؤال ކުރުމަށް ތިޔަބައިމީހުން އެދެނީހެއްޔެވެ؟ كافر ކަމަށް إيمان ކަން ބަދަލުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާޔަށް ހަމަ މަގު ގެއްލިއްޖެކަން ކަށަވަރެވެ.


وَدَّ كَثِيرٞ مِّنۡ أَهۡلِ ٱلۡكِتَٰبِ لَوۡ يَرُدُّونَكُم مِّنۢ بَعۡدِ إِيمَٰنِكُمۡ كُفَّارًا حَسَدٗا مِّنۡ عِندِ أَنفُسِهِم مِّنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡحَقُّۖ فَٱعۡفُواْ وَٱصۡفَحُواْ حَتَّىٰ يَأۡتِيَ ٱللَّهُ بِأَمۡرِهِۦٓۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

ފޮތުގެ أهل ވެރިންގެ ތެރެއިން ގިނަމީހުން، އެއުރެންނަށް حق ބަޔާންވެ އެނގުމަށްފަހުގައި، އެއުރެން އަމިއްލައަށް حسد ވެރިވެގެން، ތިޔަބައިމީހުން إيمان ވުމަށްފަހު އަލުން އަނބުރާ كافر ކަމަށް رجوع ކުރެވޭނެނަމައޭ ހިތައި އެކަމަށް އެދުނެވެ. ފަހެ، (އެއުރެންނާމެދުގައި ކަން ކުރަންވީގޮތް ބަޔާންކުރައްވައި) اللَّه ގެ أمر ފުޅު ފޮނުއްވައިފުމަށް ދާންދެން (އެއުރެންނަށް) ތިޔަބައިމީހުން މާފުކޮށް ދޫކޮށްލާށެވެ! ހަމަކަށަވަރުން، اللَّه އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.



الصفحة التالية
Icon