۞هُوَ ٱلَّذِي خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ وَجَعَلَ مِنۡهَا زَوۡجَهَا لِيَسۡكُنَ إِلَيۡهَاۖ فَلَمَّا تَغَشَّىٰهَا حَمَلَتۡ حَمۡلًا خَفِيفٗا فَمَرَّتۡ بِهِۦۖ فَلَمَّآ أَثۡقَلَت دَّعَوَا ٱللَّهَ رَبَّهُمَا لَئِنۡ ءَاتَيۡتَنَا صَٰلِحٗا لَّنَكُونَنَّ مِنَ ٱلشَّـٰكِرِينَ

އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. އަދި އެ نفس ން، އެ نفس ގެ އަނބި ހެއްދެވިއެވެ. (އެއީ) އެކަނބުލޭގެ ގާތަށްގޮސް، ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ. ފަހެ، އޭނާ އެކަނބުލޭގެއާ އެއްދާންކުރި ހިނދު، ލުއިގޮތެއްގައި ހައްޔަރުގައި އިނދެ އެކަމުގައި ދުވަސްތަކެއް ވޭތުވިއެވެ. ދެންފަހެ، (އެކަމުން) ބުރަވިހިނދު، އެ ދެމީހުންގެ ވެރި اللَّه އަށް އެ ދެމީހުން دعاء ކުރިއެވެ. އިބަރަސްކަލާނގެ އަޅަމެންނަށް صالح ދަރިއަކު ދެއްވައިފިނަމަ، شكر ކުރާ މީހުންގެ ތެރެއިން ހަމަކަށަވަރުން، އަޅަމެން ވާހުށީމެވެ.


فَلَمَّآ ءَاتَىٰهُمَا صَٰلِحٗا جَعَلَا لَهُۥ شُرَكَآءَ فِيمَآ ءَاتَىٰهُمَاۚ فَتَعَٰلَى ٱللَّهُ عَمَّا يُشۡرِكُونَ

ފަހެ، އެ ދެމީހުންނަށް صالح ދަރިއަކު ދެއްވިހިނދު، އެކަލާނގެ އެ ދެމީހުންނަށް ދެއްވި ދެއްވުމާމެދު، އެ ދެމީހުން (އެބަހީ: آدم ގެފާނުގެ ދަރިކޮޅުގެ މީހުންކުރެ كافر ވިމީހުން) އެކަލާނގެއަށް شريك ންތަކެއް ލައިފިއެވެ. ފަހެ، އެއުރެން شريك ކުރާ ތަކެތި ފިޔަވައި، اللَّه މަތިވެރިވެ ވޮޑިގެންވެއެވެ.


أَيُشۡرِكُونَ مَا لَا يَخۡلُقُ شَيۡـٔٗا وَهُمۡ يُخۡلَقُونَ

އެއްވެސް އެއްޗެއް ހެދުމަށް ކުޅަދާނަވެގެންނުވާ ތަކެތި، އެއުރެން (އެކަލާނގެއަށް) شريك ކުރަނީހެއްޔެވެ؟ خود އެތަކެއްޗަކީ، ހައްދަވާފައިވާ ތަކެއްޗެވެ.



الصفحة التالية
Icon