تِلۡكَ أُمَّةٞ قَدۡ خَلَتۡۖ لَهَا مَا كَسَبَتۡ وَلَكُم مَّا كَسَبۡتُمۡۖ وَلَا تُسۡـَٔلُونَ عَمَّا كَانُواْ يَعۡمَلُونَ

އެއީ، ހަމަކަށަވަރުން ފާއިތުވެހިނގައްޖެ أمّة އެކެވެ. އެ أمّة ހޯދިކަމެއް އެ أمّة އަށެވެ. އަދި ތިޔަބައިމީހުން ހޯދިކަމެއް ތިޔަބައިމީހުންނަށެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތަކާމެދު ތިޔަބައިމީހުންނަކާ سؤال އެއް ނުކުރައްވާހުށްޓެވެ.


وَقَالُواْ كُونُواْ هُودًا أَوۡ نَصَٰرَىٰ تَهۡتَدُواْۗ قُلۡ بَلۡ مِلَّةَ إِبۡرَٰهِـۧمَ حَنِيفٗاۖ وَمَا كَانَ مِنَ ٱلۡمُشۡرِكِينَ

އެއުރެން (އެބަހީ: يهودى ންނާއި نصارى އިން) ބުނެފޫއެވެ. ތިޔަބައިމީހުން يهودى ން ކަމުގައި ނުވަތަ نصارى އިން ކަމުގައި ވާށެވެ! ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނީ އޭރުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަދި ކީއްހެއްޔެވެ؟ (ތިމަންމެން تبع ވާނީ) باطل ގެ މަގުން އެއްކިބާވެ حق ގެ މަގަށް تبع ވެގެންވާ إبراهيم ގެފާނުގެ دين އަށެވެ. އަދި شريك ކުރާ މީހުންގެ ތެރެއިން އެކަލޭގެފާނެއް ނުވެއެވެ.


قُولُوٓاْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيۡنَا وَمَآ أُنزِلَ إِلَىٰٓ إِبۡرَٰهِـۧمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطِ وَمَآ أُوتِيَ مُوسَىٰ وَعِيسَىٰ وَمَآ أُوتِيَ ٱلنَّبِيُّونَ مِن رَّبِّهِمۡ لَا نُفَرِّقُ بَيۡنَ أَحَدٖ مِّنۡهُمۡ وَنَحۡنُ لَهُۥ مُسۡلِمُونَ

ތިޔަބައިމީހުން ބުނާށެވެ! ތިމަންމެން اللَّه އަށާއި ތިމަންމެންނަށް ބާވައިލައްވައިފައިވާ ފޮތަށާއި އަދި إبراهيم ގެފާނަށާއި إسماعيل ގެފާނަށާއި إسحاق ގެފާނަށާއި، يعقوب ގެފާނަށާއި يعقوب ގެފާނުގެ أسباط ންނަށް ބާވައިލައްވައިފައިވާ ފޮތްފޮތަށާއި އަދި موسى ގެފާނަށާއި عيسى ގެފާނަށް ދެއްވާފައިވާ ފޮތަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ حضرة ން ދެއްވާފައިވާ ފޮތްފޮތަށް إيمان ވީމުއެވެ. ތިމަންމެން އެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމުއެވެ. އަދި ތިމަންމެންނީ، އެކަލާނގެއަށް ކިޔަމަންވެގެންތިބި ބަޔަކީމުއެވެ.



الصفحة التالية
Icon