فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلۡمُجۡرِمُونَ
اللَّه އާމެދު ހަދައިގެން ދޮގެއް ބުނިމީހަކަށްވުރެ، ނުވަތަ އެކަލާނގެ آية ތައް ދޮގުކުޅަ މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ، ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ކުށްކުރާ މީހުން ނުދިނޭނެތެވެ.
وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمۡ وَلَا يَنفَعُهُمۡ وَيَقُولُونَ هَـٰٓؤُلَآءِ شُفَعَـٰٓؤُنَا عِندَ ٱللَّهِۚ قُلۡ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعۡلَمُ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ
އެއުރެން اللَّه ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެތެވެ. މި ތަކެއްޗަކީ، اللَّه ގެ حضرة ގައި ތިމަންމެންނަށް شفاعة ތެރިވާނޭ ތަކެއްޗެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައިވެސް، އަދި ބިމުގައިވެސް اللَّه ދެނެވޮޑިގެންނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެކަލާނގެއަށް خبر ދެނީހެއްޔެވެ؟ އެއުރެން އެ شريك ކުރާ ތަކެތިން އެކަލާނގެ ހުސްطاهر ވެ މަތިވެރިވެވޮޑިގެންވެއެވެ.
وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةٗ وَٰحِدَةٗ فَٱخۡتَلَفُواْۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡ فِيمَا فِيهِ يَخۡتَلِفُونَ
އަދި މީސްތަކުން (އެންމެފުރަތަމަ) އެއް أمّة އެއްކަމުގައި މެނުވީ ނުވެއެވެ. ދެން (އެއަށްފަހު) އެއުރެން خلاف ވޫއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން (ޖަޒާދެއްވުން قيامة ދުވަހަށް ފަސްކުރެއްވުމުގެ) ބަސްފުޅެއް އިސްވެފައި ނުވާނަމަ، އެކަންތަކާ ދޭތެރޭ އެއުރެން خلاف ވާ ކަންތަކާމެދު (ދުނިޔެމަތީގައި) އެއުރެންގެ މެދުގައި ނިޔާކުރެއްވީހެވެ.