وَلَئِنۡ أَخَّرۡنَا عَنۡهُمُ ٱلۡعَذَابَ إِلَىٰٓ أُمَّةٖ مَّعۡدُودَةٖ لَّيَقُولُنَّ مَا يَحۡبِسُهُۥٓۗ أَلَا يَوۡمَ يَأۡتِيهِمۡ لَيۡسَ مَصۡرُوفًا عَنۡهُمۡ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ
އަދި عدد ކުރައްވާފައިވާ ވަގުތުކޮޅަކަށް، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން عذاب ފަސްކުރައްވައިފިނަމަ، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. އެ عذاب އަޔަނުދީ ބަންދުކުރަނީ، ކޮންއެއްޗެއްހެއްޔެވެ؟ ދަންނާށެވެ! އެއުރެންނަށް عذاب އަންނަ ދުވަހު އެއުރެންގެ ކިބައިން އެ عذاب ދުރުނުކުރައްވާ ހުށްޓެވެ. އަދި އެއުރެން އެއަށް ފުރައްސާރަކޮށް އުޅުނު عذاب، އެއުރެން ވަށައިލާ ހުށްޓެވެ.
وَلَئِنۡ أَذَقۡنَا ٱلۡإِنسَٰنَ مِنَّا رَحۡمَةٗ ثُمَّ نَزَعۡنَٰهَا مِنۡهُ إِنَّهُۥ لَيَـُٔوسٞ كَفُورٞ
އަދި ތިމަންރަސްކަލާނގެ އިންސާނާާއަށް رحمة އެއް ލައްވައި، ދެން އޭނާގެ ކިބައިން ތިމަންރަސްކަލާނގެ އެ رحمة ނިގުޅައިގަންނަވައިފިނަމަ، ހަމަކަށަވަރުން، އޭނާ ވަނީ، ތިމަންރަސްކަލާނގެ رحمة ން އުންމީދުކަނޑައި، نعمة އަށް ދެކޮޅުހަދާ كافر އަކަށެވެ.
وَلَئِنۡ أَذَقۡنَٰهُ نَعۡمَآءَ بَعۡدَ ضَرَّآءَ مَسَّتۡهُ لَيَقُولَنَّ ذَهَبَ ٱلسَّيِّـَٔاتُ عَنِّيٓۚ إِنَّهُۥ لَفَرِحٞ فَخُورٌ
އަދި، އެ އިންސާނާއަށް ޖެހުނު مصيبة އަކަށްފަހު، ތިމަންރަސްކަލާނގެ އޭނާއަށް نعمة ދެއްވައިފިނަމަ، އޭނާ ބުނާނެކަން ކަށަވަރެވެ. ތިމަންގެ ކިބައިން ހުރިހާ مصيبة އެއް ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން، އޭނާ ވަނީ (އެ ލިބުނު ކަންތަކަށް) އުފާވެ فخر ވެރިވެފައެވެ.