إِلَّا ٱلَّذِينَ صَبَرُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ أُوْلَـٰٓئِكَ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٞ

ކެތްތެރިވެ، صالح عمل ތައްކުރި މީހުން މެނުވީއެވެ. އެއުރެންނަށް، ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުށްޓެވެ.


فَلَعَلَّكَ تَارِكُۢ بَعۡضَ مَا يُوحَىٰٓ إِلَيۡكَ وَضَآئِقُۢ بِهِۦ صَدۡرُكَ أَن يَقُولُواْ لَوۡلَآ أُنزِلَ عَلَيۡهِ كَنزٌ أَوۡ جَآءَ مَعَهُۥ مَلَكٌۚ إِنَّمَآ أَنتَ نَذِيرٞۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ وَكِيلٌ

ފަހެ، އެކަލޭގެފާނަށް خزانة އެއް ބާވައިނުލެއްވީ ކީއްވެހޭ، ނުވަތަ އެކަލޭގެފާނުގެ އަރިހުގައި ملائكة އަކު ވަޑައިނުގަތީކީއްވެހޭ، އެއުރެން ބުނެފާނެކަމަށްޓަކައި، ކަލޭގެފާނަށް وحى ކުރައްވާ ތަކެތިން ބައެއް، ކަލޭގެފާނު ދޫކޮށްލައްވައިފާނެ ހެއްޔެވެ؟ (އެބަހީ: ދޫކޮށެއްނުލައްވާނެތެވެ.) އަދި އެ ތަކެތި ކިޔަވައި ވިދާޅުވުމުން، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެސްވެދާނެތެވެ. ކަލޭގެފާނު ވާކަން ކަށަވަރީ، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. އަދި اللَّه އީ، ހުރިހާ ތަކެއްޗެއް ރައްކާތެރިކުރައްވައި، ބަލަހައްޓަވާ ރަސްކަލާނގެއެވެ.


أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ فَأۡتُواْ بِعَشۡرِ سُوَرٖ مِّثۡلِهِۦ مُفۡتَرَيَٰتٖ وَٱدۡعُواْ مَنِ ٱسۡتَطَعۡتُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ

ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވި آية ތަކެއް ކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އަމިއްލައަށް ހަދާފައިވާ އެކަހަލަ ދިހަ سورة ތިޔަބައިމީހުން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، اللًّه ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހާ ބަޔަކަށް ނިކަން ގޮވައިގެނެސްބަލާށެވެ!



الصفحة التالية
Icon