وَلَا تَرۡكَنُوٓاْ إِلَى ٱلَّذِينَ ظَلَمُواْ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَ ثُمَّ لَا تُنصَرُونَ

އަދި އަނިޔާވެރިވި މީހުންގެ ފަރާތަށް ތިޔަބައިމީހުން ކުޑަކޮށްވެސް ނުލެނބޭށެވެ! ފަހެ، (އެ ހިނދުން) ނަރަކައިގެ އަލިފާން ތިޔަބައިމީހުންގައި ބީހިދާނެތެވެ. އަދި اللَّه ފިޔަވައި، ތިޔަބައިމީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނެތެވެ. ދެން ތިޔަބައިމީހުންނަކަށް نصر އެއްވެސް ނުލިބޭނެތެވެ.


وَأَقِمِ ٱلصَّلَوٰةَ طَرَفَيِ ٱلنَّهَارِ وَزُلَفٗا مِّنَ ٱلَّيۡلِۚ إِنَّ ٱلۡحَسَنَٰتِ يُذۡهِبۡنَ ٱلسَّيِّـَٔاتِۚ ذَٰلِكَ ذِكۡرَىٰ لِلذَّـٰكِرِينَ

އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަށް وعظ އާއި نصيحة އެކެވެ.


وَٱصۡبِرۡ فَإِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ

އަދި ކަލޭގެފާނު ކެތްކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން، إحسان ތެރިންގެ ދަރުމަ، اللَّه ގެއްލެނި ނުކުރައްވާނެތެވެ.


فَلَوۡلَا كَانَ مِنَ ٱلۡقُرُونِ مِن قَبۡلِكُمۡ أُوْلُواْ بَقِيَّةٖ يَنۡهَوۡنَ عَنِ ٱلۡفَسَادِ فِي ٱلۡأَرۡضِ إِلَّا قَلِيلٗا مِّمَّنۡ أَنجَيۡنَا مِنۡهُمۡۗ وَٱتَّبَعَ ٱلَّذِينَ ظَلَمُواْ مَآ أُتۡرِفُواْ فِيهِ وَكَانُواْ مُجۡرِمِينَ

ފަހެ، أمّة ތަކުގެ ތެރެއިން (دين ވެރިކަމާއި ހެޔޮވިސްނުމުގެ ތެރެއިން) ބާކީއޮތް މިންވަރެއްގެ ވެރިބަޔަކު، ބިމުގައި فساد ކޮށް އުޅުން ނަހީކޮށް ތިޔަބައިމީހުންގެ ކުރިން އުޅުނުނަމަަ ކިހާ ރަނގަޅުހެއްޔެވެ! އެހެނެއްކަމަކު، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވި މީހުންގެ ތެރެއިން މަދުބަޔަކުވިއެވެ. އަދި އަނިޔާވެރިވި މީހުން، އެއުރެންނަށް ލިބުނު ތަނަވަސްކަމަށް تبع ވޫއެވެ. (އެބަހީ: އެކަމުގެ ތެރެއަށް ގެނބި، آخرة ހަނދާންނެތި ކޮށްލޫއެވެ.) އަދި ކުށްވެރިން ކަމުގައި އެއުރެން ވޫއެވެ.



الصفحة التالية
Icon