وَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَفۡرَحُونَ بِمَآ أُنزِلَ إِلَيۡكَۖ وَمِنَ ٱلۡأَحۡزَابِ مَن يُنكِرُ بَعۡضَهُۥۚ قُلۡ إِنَّمَآ أُمِرۡتُ أَنۡ أَعۡبُدَ ٱللَّهَ وَلَآ أُشۡرِكَ بِهِۦٓۚ إِلَيۡهِ أَدۡعُواْ وَإِلَيۡهِ مَـَٔابِ
ތިމަންރަސްކަލާނގެ ފޮތް ދެއްވި މީހުން، ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާމެދު އުފާކުރެތެވެ. އަދި އޭގެ ބައެއް ތަކެއްޗާމެދު إنكار ކުރާ ބަޔަކު أحزاب ގެ ތެރެއިން (އެބަހީ: مشرك ންނާއި، ފޮތުގެ أهل ވެރިންކުރެ إيمان ނުވާ މީހުންގެ ތެރެއިން) ވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވާކަން ކަށަވަރީ، اللَّه އަށް އަޅުކަން ކުޅައުމަށެވެ. އަދި އެކަލާނގެއަށް شريك ނުކުރުމަށެވެ. ތިމަންކަލޭގެފާނު ގޮވައިލައްވަނީ، އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރިދިއުންވަނީ އެކަލާނގެ حضرة އަށެވެ.
وَكَذَٰلِكَ أَنزَلۡنَٰهُ حُكۡمًا عَرَبِيّٗاۚ وَلَئِنِ ٱتَّبَعۡتَ أَهۡوَآءَهُم بَعۡدَ مَا جَآءَكَ مِنَ ٱلۡعِلۡمِ مَا لَكَ مِنَ ٱللَّهِ مِن وَلِيّٖ وَلَا وَاقٖ
އެފަދައިން عرب ބަހުންވާ حكم އެއްގެ ގޮތުގައި، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީމެވެ. އަދި ކަލޭގެފާނާ ހަމައަށް އައި علم އަށްފަހު، އެއުރެންގެ އަމިއްލަ އެދުމަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަަ، اللَّه އާ ދެކޮޅަށް نصر ދޭނެ މީހަކުވެސް، އަދި عذاب ން ރައްކާތެރިކުރާނޭ މީހަކުވެސް ކަލޭގެފާނަކަށް ނުވެތެވެ.
وَلَقَدۡ أَرۡسَلۡنَا رُسُلٗا مِّن قَبۡلِكَ وَجَعَلۡنَا لَهُمۡ أَزۡوَٰجٗا وَذُرِّيَّةٗۚ وَمَا كَانَ لِرَسُولٍ أَن يَأۡتِيَ بِـَٔايَةٍ إِلَّا بِإِذۡنِ ٱللَّهِۗ لِكُلِّ أَجَلٖ كِتَابٞ
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ. އަދި اللَّه ގެ إذن ފުޅާ ލައިގެންމެނުވީ، އެއްވެސް معجزة އެއް ގެންނެވުމަކީ، އެއްވެސް رسول އަކަށް އޮތްކަމެއް ނޫނެވެ. ކޮންމެ މުއްދަތަކަށްމެ ކަނޑައެޅި، ލިޔެވިގެންވާ ފޮތެއްވެއެވެ.