أَفَأَمِنَ ٱلَّذِينَ مَكَرُواْ ٱلسَّيِّـَٔاتِ أَن يَخۡسِفَ ٱللَّهُ بِهِمُ ٱلۡأَرۡضَ أَوۡ يَأۡتِيَهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ

ފަހެ، ނުބައި ރޭވުންތައް ރޭވިމީހުން، اللَّه އެއުރެންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު، ނުވަތަ އެއުރެން ހީވެސްނުކުރާ ދިމަދިމާއިން، އެއުރެންނަށް عذاب އަތުވެދާނެ ކަމާމެދު، އަމާންވެގެންވާ ކަމުގައި ހީކުޅައީ ހެއްޔެވެ؟


أَوۡ يَأۡخُذَهُمۡ فِي تَقَلُّبِهِمۡ فَمَا هُم بِمُعۡجِزِينَ

ނުވަތަ އެއުރެން ދަތުރުފަތުރުކޮށް އުޅޭ އުޅުމުގެ ތެރޭގައި، އެކަލާނގެ އެއުރެން ހަލާކު ކުރައްވައިފާނެކަމާމެދުގައިވެސް މެއެވެ. ފަހެ، (اللَّه) ނުކުޅައްދައި، ރެކިގެން ދެވޭނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ.


أَوۡ يَأۡخُذَهُمۡ عَلَىٰ تَخَوُّفٖ فَإِنَّ رَبَّكُمۡ لَرَءُوفٞ رَّحِيمٌ

ނުވަތަ، އުނިކުރެއްވުމުގެގޮތުން (އެބަހީ: މުދަލާއި މީހުން މަދުވަމުންގޮސް މުޅިން ނެތިދާގޮތުން) އެއުރެން ހަލާކުކުރައްވައިފާނޭ ކަމާމެދުގައިވެސް މެއެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ.


أَوَلَمۡ يَرَوۡاْ إِلَىٰ مَا خَلَقَ ٱللَّهُ مِن شَيۡءٖ يَتَفَيَّؤُاْ ظِلَٰلُهُۥ عَنِ ٱلۡيَمِينِ وَٱلشَّمَآئِلِ سُجَّدٗا لِّلَّهِ وَهُمۡ دَٰخِرُونَ

އަދި اللَّه ހައްދަވާފައިވާ ތަކެއްޗަށް، އެއުރެން ނުބަލަނީ ހެއްޔެވެ؟ އެ ތަކެތީގެ ހިޔަނިތައް، ކަނާތްކިބައަށާއި، ވާތްކިބައަށް ލެނބިލެނބި ހުރެތެވެ. اللَّه އަށް سجدة ކުރާ حال ގައެވެ. އަދި އެ ހުރިހާ ތަކެތި، އެކަލާނގެއަށް ދެރަވެ، ނިކަމެތިވާ حال ގައެވެ.



الصفحة التالية
Icon