۞قُلۡ كُونُواْ حِجَارَةً أَوۡ حَدِيدًا
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ހިލަކަމުގައި، ނުވަތަ ދަގަނޑު ކަމުގައި ވެބަލާށެވެ!
أَوۡ خَلۡقٗا مِّمَّا يَكۡبُرُ فِي صُدُورِكُمۡۚ فَسَيَقُولُونَ مَن يُعِيدُنَاۖ قُلِ ٱلَّذِي فَطَرَكُمۡ أَوَّلَ مَرَّةٖۚ فَسَيُنۡغِضُونَ إِلَيۡكَ رُءُوسَهُمۡ وَيَقُولُونَ مَتَىٰ هُوَۖ قُلۡ عَسَىٰٓ أَن يَكُونَ قَرِيبٗا
ނުވަތަ ތިޔަބައިމީހުންގެ ހިތްތަކުގައި ބޮޑުކަން ލިބިގެންވާ ތަކެތީގެ ތެރެއިން އެހެންވެސް އެއްޗަކަށް ވެބަލާށެވެ! ފަހެ، އޭރުން އެއުރެން ބުނާނެތެވެ. ތިމަންމެން އަލުން ދިރުމަކަށް إعادة ކުރާނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އިސްވެދިޔަ مثال އަކާނުލައި، ފުރަތަމަފަހަރުވެސް ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. ފަހެ، އެއުރެންގެ ބޯތައް ކަލޭގެފާނާ ދިމާޔަށް ހޫރައިލާނެތެވެ. އަދި ބުނާނެތެވެ. އެކަންވަނީ، ކޮންއިރަކުން ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ވަރަށްއަވަހަށް އެކަންތައް ވުން ގާތްވެގެންވެތެވެ.
يَوۡمَ يَدۡعُوكُمۡ فَتَسۡتَجِيبُونَ بِحَمۡدِهِۦ وَتَظُنُّونَ إِن لَّبِثۡتُمۡ إِلَّا قَلِيلٗا
އެކަލާނގެ ތިޔަބައިމީހުންނަށް ގޮވައިލައްވާ ދުވަހުއެވެ. ފަހެ، އެކަލާނގެއަށް حمد އާއެކު އެކަލާނގެ أمر ފުޅަށް ތިޔަބައިމީހުން އިޖާބަދޭނޫއެވެ. އަދި ދާދިކުޑަހިނދުކޮޅަކަށް މެނުވީ (ދުނިޔޭގައި) ތިޔަބައިމީހުން ލަސްވެ ނުތިބޭކަމުގައި ތިޔަބައިމީހުން ހީކުރާނޫއެވެ.
وَقُل لِّعِبَادِي يَقُولُواْ ٱلَّتِي هِيَ أَحۡسَنُۚ إِنَّ ٱلشَّيۡطَٰنَ يَنزَغُ بَيۡنَهُمۡۚ إِنَّ ٱلشَّيۡطَٰنَ كَانَ لِلۡإِنسَٰنِ عَدُوّٗا مُّبِينٗا
އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، شيطان އާ، އެއުރެންގެ މެދުގައި ފަސާދަ އުފައްދަތެވެ. ހަމަކަށަވަރުން، شيطان އާއީ، އިންސާާނާއަށް ފާޅުވެގެންހުރި عداوة ތެރިޔަކު ކަމުގައިވިއެވެ.