قَالَ بَل رَّبُّكُمۡ رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلَّذِي فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّـٰهِدِينَ

އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއީ، އިސްވެދިޔަ މިސާލަކާނުލައި، އެ ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. އަދި ތިމަންކަލޭގެފާނު ވަނީ، އެކަމުގެ މައްޗަށް ހެކިވާމީހުންގެ ތެރެއިންނެވެ.


وَتَٱللَّهِ لَأَكِيدَنَّ أَصۡنَٰمَكُم بَعۡدَ أَن تُوَلُّواْ مُدۡبِرِينَ

އަދި اللَّه ގަންދީ ހުވާ ކުރައްވަމެވެ. ތިޔަބައިމީހުން ފުރަގަސްދީ ދިއުމަށްފަހު، ތިޔަބައިމީހުންގެ ބުދުތައް ހަލާކުކޮށްލުމަށް، ހަމަކަށަވަރުން، ތިމަންކަލޭގެފާނު ގޮތެއް ރާއްވަވާހުށީމެވެ.


فَجَعَلَهُمۡ جُذَٰذًا إِلَّا كَبِيرٗا لَّهُمۡ لَعَلَّهُمۡ إِلَيۡهِ يَرۡجِعُونَ

ފަހެ، އެއުރެންގެ ބޮޑު ބުދު ފިޔަވައި، އެކަލޭގެފާނު އެ ބުދުތައް މުގުރުއްވިއެވެ. (އެއީ) އެއުރެން އޭގެކައިރިޔަށް އައުމަށްޓަކައެވެ.


قَالُواْ مَن فَعَلَ هَٰذَا بِـَٔالِهَتِنَآ إِنَّهُۥ لَمِنَ ٱلظَّـٰلِمِينَ

އެއުރެން ބުނޫއެވެ. ތިމަންމެންގެ إله ންތަކަށް މިހެންހެދީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އެ މީހަކުވަނީ އަނިޔާވެރިންގެ ތެރެއިންނެވެ.


قَالُواْ سَمِعۡنَا فَتٗى يَذۡكُرُهُمۡ يُقَالُ لَهُۥٓ إِبۡرَٰهِيمُ

އެއުރެން ބުނޫއެވެ. إبراهيم އޭ ކިޔާ ޒުވާނަކު އެ އެއްޗިއްސަށް عيب ބަސް ބުނާއަޑު ތިމަންމެންއެހީމުއެވެ.



الصفحة التالية
Icon