حَتَّىٰٓ إِذَآ أَخَذۡنَا مُتۡرَفِيهِم بِٱلۡعَذَابِ إِذَا هُمۡ يَجۡـَٔرُونَ
އެއުރެންގެ ތެރެއިން، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނަށް، ތިމަންރަސްކަލާނގެ عذاب ފޮނުއްވައި، އެއުރެން ގެންދަވައިފުމަށް ދާނދެނެވެ. އެހާރުން، އެއުރެން ރޮއިހޭރި، ސަލާމަތަށްއެދި ގޮވާނެތެވެ.
لَا تَجۡـَٔرُواْ ٱلۡيَوۡمَۖ إِنَّكُم مِّنَّا لَا تُنصَرُونَ
(އެއުރެންނަށް އަންގަވާހުށްޓެވެ.) ތިޔަބައިމީހުން މިއަދު ރޮއިހޭރި ނުގޮވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަކަށް، ތިމަންރަސްކަލާނގެ حضرة އަކުން نصر ވެރިކަމެއް ނުލިބޭނެތެވެ.
قَدۡ كَانَتۡ ءَايَٰتِي تُتۡلَىٰ عَلَيۡكُمۡ فَكُنتُمۡ عَلَىٰٓ أَعۡقَٰبِكُمۡ تَنكِصُونَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބާވައިލެއްވި آية ތައް، ތިޔަބައިމީހުންނަށް (އިއްވައި) ކިޔެވޭ ކަމުގައިވިއެވެ. ފަހެ، ތިޔަބައިމީހުން އަނެއްފަރާތަށް އެނބުރި، ފުރަގަސްދޭ ބަޔަކު ކަމުގައި ވީމުއެވެ.
مُسۡتَكۡبِرِينَ بِهِۦ سَٰمِرٗا تَهۡجُرُونَ
އެ قرآن އާމެދު ބޮޑާވެގަންނަ حال ގައެވެ. ތިޔަބައިމީހުން ރޭގަނޑުގެ ވަގުތުގައި (އެ قرآن އަށް) މަލާމާތްކޮށް ވާހަކަދައްކަން ތިބޭހިނދުގައެވެ.
أَفَلَمۡ يَدَّبَّرُواْ ٱلۡقَوۡلَ أَمۡ جَآءَهُم مَّا لَمۡ يَأۡتِ ءَابَآءَهُمُ ٱلۡأَوَّلِينَ
ފަހެ، އެއުރެން قرآن އާމެދު ވިސްނުން ހިންގައި، ފިކުރުނުކުރަނީ ހެއްޔެވެ؟ ނުވަތަ އެއުރެންގެ އިހުގެ ކާބަފައިންގެ ގާތަށް ނާންނަކަމެއް އެއުރެންގެ ގާތަށް އައީހެއްޔެވެ؟