وَإِنَّكَ لَتَدۡعُوهُمۡ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ

ހަމަކަށަވަރުން، ކަލޭގެފާނު ސީދާވެގެންވާ ތެދުމަގަށް އެއުރެންނަށް ގޮވައިލައްވާކަން ކަށަވަރެވެ.


وَإِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ عَنِ ٱلصِّرَٰطِ لَنَٰكِبُونَ

އަދި ހަމަކަށަވަރުން، آخرة އަށް إيمان ނުވާމީހުން، ތެދުމަގުން އެއްކިބާވެގެންވާކަން ކަށަވަރެވެ.


۞وَلَوۡ رَحِمۡنَٰهُمۡ وَكَشَفۡنَا مَا بِهِم مِّن ضُرّٖ لَّلَجُّواْ فِي طُغۡيَٰنِهِمۡ يَعۡمَهُونَ

އެއުރެންނަށް ތިމަންރަސްކަލާނގެ رحمة ލައްވައި، އެއުރެންގެ ކިބައިގައިވާ ދަތިކަން ތިމަންރަސްކަލާނގެ ފިއްލެވިނަމަވެސް، އެއުރެންގެ މަގުފުރެދުމުގައި ދެވޭނުދެވޭތަނެއް ނޭނގޭގޮތުގައި، އެއުރެން ދެމިތިބީހެވެ.


وَلَقَدۡ أَخَذۡنَٰهُم بِٱلۡعَذَابِ فَمَا ٱسۡتَكَانُواْ لِرَبِّهِمۡ وَمَا يَتَضَرَّعُونَ

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ދެއްވައި އެއުރެން ހިއްޕެވީމެވެ. ދެންވެސް އެއުރެންގެ ވެރިރަސްކަލާނގެއަށް، އެއުރެން މަޑުމައިތިރިވެ، އަޅުކަންކޮށް دعاء ކޮށެއް ނަހަދަތެވެ.


حَتَّىٰٓ إِذَا فَتَحۡنَا عَلَيۡهِم بَابٗا ذَا عَذَابٖ شَدِيدٍ إِذَا هُمۡ فِيهِ مُبۡلِسُونَ

ގަދަފަދަވެގެންވާ عذاب އެއްގެ ދޮރު، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ހުޅުއްވައިފުމަށް ދާނދެނެވެ. އެހާރުން އެ عذاب ގެތެރޭގައި އުންމީދުކެނޑިގެންވާ ބަޔަކު ކަމުގައި އެއުރެންވާނެތެވެ.



الصفحة التالية
Icon