وَهُوَ ٱلَّذِيٓ أَنشَأَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَۚ قَلِيلٗا مَّا تَشۡكُرُونَ

އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން شكر ކުރަނީ، ވަރަށްވެސް މަދުންނެވެ.


وَهُوَ ٱلَّذِي ذَرَأَكُمۡ فِي ٱلۡأَرۡضِ وَإِلَيۡهِ تُحۡشَرُونَ

އަދި އެކަލާނގެއީ، ބިމުގައި ތިޔަބައިމީހުން އުފެއްދެވި ރަސްކަލާނގެއެވެ. އަދި (قيامة ދުވަހުން) ތިޔަބައިމީހުން އެއްކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ.


وَهُوَ ٱلَّذِي يُحۡيِۦ وَيُمِيتُ وَلَهُ ٱخۡتِلَٰفُ ٱلَّيۡلِ وَٱلنَّهَارِۚ أَفَلَا تَعۡقِلُونَ

އަދި ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމައެކަލާނގެއެވެ. އަދި ރެޔާއިދުވާލުގެ ތަފާތު ކުރެއްވުން މިލްކުވެގެންވަނީވެސް، އެކަލާނގެއަށެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟


بَلۡ قَالُواْ مِثۡلَ مَا قَالَ ٱلۡأَوَّلُونَ

އަދި ކިއެއްތަ! އިހުގެ މީހުން ބުނިފަދައިން، އެއުރެން ބުނޫއެވެ.


قَالُوٓاْ أَءِذَا مِتۡنَا وَكُنَّا تُرَابٗا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ

އެއުރެން ބުނޫއެވެ. ތިމަންމެން މަރުވެ، އަދި ވެއްޔާއި، ކަށްޓަށްވެއްޖެހިނދު، ހަމަކަށަވަރުން، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ވާނޭހެއްޔެވެ؟


لَقَدۡ وُعِدۡنَا نَحۡنُ وَءَابَآؤُنَا هَٰذَا مِن قَبۡلُ إِنۡ هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ

ހަމަކަށަވަރުން، މީގެކުރިންވެސް ތިމަންމެންނަށާއި، ތިމަންމެންގެ ކާބަފައިންނަށް، މިކަންތައް وعد ކުރެއްވިއެވެ. އެވޭލާމީހުން ދައްކައި އުޅުނު ފުލޯކުވާހަކަތަކެއް ކަމުގައި، މެނުވީ މިކަންތައް ނުވެއެވެ.



الصفحة التالية
Icon