حَٰفِظُواْ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلۡوُسۡطَىٰ وَقُومُواْ لِلَّهِ قَٰنِتِينَ
ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائم ވެ ތިބޭށެވެ!
فَإِنۡ خِفۡتُمۡ فَرِجَالًا أَوۡ رُكۡبَانٗاۖ فَإِذَآ أَمِنتُمۡ فَٱذۡكُرُواْ ٱللَّهَ كَمَا عَلَّمَكُم مَّا لَمۡ تَكُونُواْ تَعۡلَمُونَ
ފަހެ، ތިޔަބައިމީހުންނަށް ބިރުވެރިކަމެއް މެދުވެރިވެއްޖެނަމަ، ފައިމަގުގައި ހިނގަހިނގާތިބެެގެން، ނުވަތަ، ސަވާރުވެތިބެގެން ނަމާދު ކުރާހުށިކަމެވެ! ދެން، ތިޔަބައިމީހުންނަށް أمان ކަން ލިބިއްޖެނަމަ، ފަހެ، ތިޔަބައިމީހުން، اللَّه ހަނދުމަކުރާށެވެ! (އެބަހީ: ކުރީގައި ނަމާދުކޮށް އުޅުނުގޮތަށް ނަމާދު ކުރާށެވެ!) ތިޔަބައި މީހުންނަށް އެނގިގެންނުވާ ކަންތައް، އެކަލާނގެ ތިޔަބައިމީހުންނަށް އުނގަންނައިދެއްވި ފަދައިންނެވެ.
وَٱلَّذِينَ يُتَوَفَّوۡنَ مِنكُمۡ وَيَذَرُونَ أَزۡوَٰجٗا وَصِيَّةٗ لِّأَزۡوَٰجِهِم مَّتَٰعًا إِلَى ٱلۡحَوۡلِ غَيۡرَ إِخۡرَاجٖۚ فَإِنۡ خَرَجۡنَ فَلَا جُنَاحَ عَلَيۡكُمۡ فِي مَا فَعَلۡنَ فِيٓ أَنفُسِهِنَّ مِن مَّعۡرُوفٖۗ وَٱللَّهُ عَزِيزٌ حَكِيمٞ
ތިޔަބައިމީހުންގެ ތެރެއިން އަނބިން ދޫކޮށް މަރުވެދާ މީހުން، އެއުރެންގެ އަނބިން (ގެއިން) ނެރެލުމަކާނުލައި، އަހަރުދުވަހަށް ދާނދެން (ކެއިންބުއިމާއި ފޭރާމުގެގޮތުން) ބޭނުންކުރާނޭ އެއްޗެއް، އެއުރެންގެ އަނބިންނަށް ދިނުމަށް وصية ކުރާހުށިކަމެވެ! ފަހެ އެކަނބަލުން (ގެއިން) ނުކުމެއްޖެނަމަ، (ދަންނާށެވެ!) شرعى ހަމައިގެމަތިން އެކަނބަލުންގެ نفس ތަކާމެދު އެކަނބަލުން ކުޅަކަމެއްގައި ފަހެ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. (ނޯޓު: މި آية ގައިވާ وصية އާއި، ހުވަފަތްވެފައިވާ އަންހެނާ، ގެއިންނުނެރެ އަހަރުދުވަސްވަންދެން ބޭންދުމުގެ حكم ވަނީ نسخ ވެފައެވެ.)