وَمَآ أَرۡسَلۡنَٰكَ إِلَّا مُبَشِّرٗا وَنَذِيرٗا

އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، އަދި إنذار ކުރައްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ ކަލާގެފާނު ނުފޮނުއްވަމެވެ.


قُلۡ مَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍ إِلَّا مَن شَآءَ أَن يَتَّخِذَ إِلَىٰ رَبِّهِۦ سَبِيلٗا

ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: رسول ކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. އެހެނެއްކަމަކު، އެމީހެއްގެ ވެރިރަސްކަލާނގެ حضرة އަށް މަގެއްހިފުމަށް އެދޭމީހާ، އެފަދަ މަގެއް ހޯދައިފާހުށިކަމެވެ!


وَتَوَكَّلۡ عَلَى ٱلۡحَيِّ ٱلَّذِي لَا يَمُوتُ وَسَبِّحۡ بِحَمۡدِهِۦۚ وَكَفَىٰ بِهِۦ بِذُنُوبِ عِبَادِهِۦ خَبِيرًا

އަދި އަވަހާރަވުމެއްނުވާ، ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއަށް ކަލޭގެފާނު ވަކީލުކުރައްވާށެވެ! އަދި އެކަލާނގެއަށް حمد އާއެކު، تسبيح ވިދާޅުވާށެވެ! އެކަލާނގެ އަޅުތަކުންގެ ފާފަތަކުގެ خبر މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި އެކަލާނގެ ފުދެއެވެ.


ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ ٱلرَّحۡمَٰنُ فَسۡـَٔلۡ بِهِۦ خَبِيرٗا

އެކަލާނގެއީ، އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ އެއްޗެއް، ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެ ވޮޑިގަތެވެ. އެކަލާނގެއީ، رحمن ވަންތަ ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެއާމެދު މޮޅަށް خبر ދަންނަ ފަރާތަކާ ކަލޭގެފާނު سؤال ކުރައްވާށެވެ!



الصفحة التالية
Icon