إِنَّمَا تَعۡبُدُونَ مِن دُونِ ٱللَّهِ أَوۡثَٰنٗا وَتَخۡلُقُونَ إِفۡكًاۚ إِنَّ ٱلَّذِينَ تَعۡبُدُونَ مِن دُونِ ٱللَّهِ لَا يَمۡلِكُونَ لَكُمۡ رِزۡقٗا فَٱبۡتَغُواْ عِندَ ٱللَّهِ ٱلرِّزۡقَ وَٱعۡبُدُوهُ وَٱشۡكُرُواْ لَهُۥٓۖ إِلَيۡهِ تُرۡجَعُونَ

ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާކަން ކަށަވަރީ، ބުދުތަކަކަށެވެ. އަދި ތިޔަބައިމީހުން ހަދަނީ بهتان ދޮގެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް ތިޔަބައިމީހުންނަށް رزق ދިނުމެއް މިލްކުވެގެނެއްނުވެެތެވެ. ފަހެ، ތިޔަބައިމީހުން اللَّه ގެ حضرة ން رزق އަށް އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! ތިޔަބައިމީހުން رجوع ކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ.


وَإِن تُكَذِّبُواْ فَقَدۡ كَذَّبَ أُمَمٞ مِّن قَبۡلِكُمۡۖ وَمَا عَلَى ٱلرَّسُولِ إِلَّا ٱلۡبَلَٰغُ ٱلۡمُبِينُ

އަދި ތިޔަބައިމީހުން (ތިމަންކަލޭގެފާނު) ދޮގުކުރިޔަސް (ތިމަން ކަލޭގެފާނަކަށް އެކަމަކުން ގެއްލުމެއް ނުލިބޭނެތެވެ. އެހެނީ) ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކުރިންވެސް أمّة ތަކެއް (رسول ން) ދޮގުކޮށްފައިވެއެވެ. އަދި بيان ވެގެންވާ އިއްވެވުން މެނުވީ، رسول އާގެ މައްޗަކަށް ނުވެއެވެ.


أَوَلَمۡ يَرَوۡاْ كَيۡفَ يُبۡدِئُ ٱللَّهُ ٱلۡخَلۡقَ ثُمَّ يُعِيدُهُۥٓۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ

އަދި اللَّه، خلق ތަކުން ފުރަތަމަ އުފެއްދެވިގޮތާއި ދެން އެއަށްފަހު އަލުން (ދިރުއްވައި) إعادة ކުރައްވާގޮތް އެއުރެންނަކަށް ނުފެނޭ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަންތަކަކީ، اللَّه އަށް ދާދި ފަސޭހަ ކަމެކެވެ.



الصفحة التالية
Icon