قُلۡ سِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ بَدَأَ ٱلۡخَلۡقَۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشۡأَةَ ٱلۡأٓخِرَةَۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! އަދި اللَّه، خلق ތަކުން ފުރަތަމަ އުފެއްދެވިގޮތް، ތިޔަބައިމީހުން ވިސްނައިބަލާށެވެ! ދެން އެއަށްފަހު، اللَّه އެންމެފަހުގެ އުފެއްދެވުން އުފައްދަވާނެތެވެ. (އެބަހީ: އަލުން ދިރުއްވައި إعادة ކުރައްވާނެތެވެ.) ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.


يُعَذِّبُ مَن يَشَآءُ وَيَرۡحَمُ مَن يَشَآءُۖ وَإِلَيۡهِ تُقۡلَبُونَ

އެކަލާނގެ އިރާދަކުރައްވާ އަޅަކަށް عذاب ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް رحمة ލައްވަތެވެ. އަދި ތިޔަބައިމީހުން (قيامة ދުވަހުން) އެނބުރިދާހުށީ އެކަލާނގެ حضرة އަށެވެ.


وَمَآ أَنتُم بِمُعۡجِزِينَ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ

އަދި ތިޔަބައިމީހުންނީ އުޑާއި، ބިމުގައި (اللَّه) ނުކުޅެއްދޭނޭ ބަޔަކު ކަމުގައި ނުވެތެވެ. އަދި ތިޔަބައިމީހުންނަކަށް اللَّه ފިޔަވައި އެއްވެސް އެހީތެރިޔަކު، އަދި نصر ދޭނޭ މީހަކުވެސް ނުވެތެވެ.


وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ وَلِقَآئِهِۦٓ أُوْلَـٰٓئِكَ يَئِسُواْ مِن رَّحۡمَتِي وَأُوْلَـٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ

އަދި އެއުރެން اللَّه ގެ آية ތަކަށާއި، އެކަލާނގެއާ ބައްދަލުވާނެ ކަމާމެދު كافر ވެ، إنكار ކުރި މީހުން (ދަންނާށެވެ!) އެއުރެންނީ، ތިމަންރަސްކަލާނގެ رحمة ން، ނާއުންމީދު ވެފައިވާ ބަޔެކެވެ. އަދި އެއުރެންނީ އެއުރެންނަށްޓަކައި ވޭންދެނިވި عذاب ހުރި މީހުންނެވެ.



الصفحة التالية
Icon