حمٓ

ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)


تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ

މިއީ عزيز ވަންތަ، حكيم ވަންތަ اللَّه ގެ حضرة ން ބާވައިލެއްވި ފޮތެވެ.


مَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّ وَأَجَلٖ مُّسَمّٗىۚ وَٱلَّذِينَ كَفَرُواْ عَمَّآ أُنذِرُواْ مُعۡرِضُونَ

ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާތަކެތި حق ގޮތުގައި، އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށްމެނުވީ ނަހައްދަވަމެވެ. އަދި كافر ވިމީހުންނީ، އެއުރެންނަށް إنذار ކުރައްވާ ކަންތަކަށް ފުރަގަސްދޭ ބަޔެކެވެ.


قُلۡ أَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ أَرُونِي مَاذَا خَلَقُواْ مِنَ ٱلۡأَرۡضِ أَمۡ لَهُمۡ شِرۡكٞ فِي ٱلسَّمَٰوَٰتِۖ ٱئۡتُونِي بِكِتَٰبٖ مِّن قَبۡلِ هَٰذَآ أَوۡ أَثَٰرَةٖ مِّنۡ عِلۡمٍ إِن كُنتُمۡ صَٰدِقِينَ

ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެއްޗާމެދު، ތިޔަބައިމީހުން ނިކަން خبر ދީބަލާށެވެ! އެއުރެން ބިމުންހެދީ ކޮންތަނެއްކަން، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ދައްކައިބަލާށެވެ! ނުވަތަ އުޑުތައް ހެދުމުގައި ބައިވެރިވުމެއް، އެއުރެންނަށް ވަނީހެއްޔެވެ؟ މީގެކުރިން (ބާވައިލެއްވި) ފޮތެއް ނުވަތަ علم ގެ ތެރެއިން މިންވަރެއް، ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ގެނެސްދީބަލާށެވެ! ތިޔަބައިމީހުންނީ، ތެދުވެރިންކަމުގައި ވާނަމައެވެ.



الصفحة التالية
Icon