إِذَا وَقَعَتِ ٱلۡوَاقِعَةُ

قيامة ވެއްޖެހިނދެވެ.


لَيۡسَ لِوَقۡعَتِهَا كَاذِبَةٌ

އެކަންވާނޭކަމާމެދު إنكار ކޮށް ދޮގުކުރާނޭ ފަރާތެއް ނުވެއެވެ.


خَافِضَةٞ رَّافِعَةٌ

އެއްބަޔަކު ދަށްކުރަމުން، އަނެއްބަޔަކު މަތިކުރަމުންނެވެ. (އެބަހީ: އަބާއްޖަވެރިން ދަށްކުރައްވައި، ބާއްޖަވެރިން މަތިވެރިކުރައްވާ ދުވަހެއްގެ ގޮތުގައެވެ.)


إِذَا رُجَّتِ ٱلۡأَرۡضُ رَجّٗا

ބިންގަނޑު ގަދަފަދައަށް ހެލިގެންފިހިނދެވެ.


وَبُسَّتِ ٱلۡجِبَالُ بَسّٗا

އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ.


فَكَانَتۡ هَبَآءٗ مُّنۢبَثّٗا

ފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ.


وَكُنتُمۡ أَزۡوَٰجٗا ثَلَٰثَةٗ

އަދި ތިޔަބައިމީހުން (އެދުވަހުން) ތިންބާވަތަކަށް ވެދެއެވެ.


فَأَصۡحَٰبُ ٱلۡمَيۡمَنَةِ مَآ أَصۡحَٰبُ ٱلۡمَيۡمَنَةِ

ފަހެ، ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟


وَأَصۡحَٰبُ ٱلۡمَشۡـَٔمَةِ مَآ أَصۡحَٰبُ ٱلۡمَشۡـَٔمَةِ

އަދި ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، (ދަރަޖައިގެގޮތުން) ކޮންބަޔެއްހެއްޔެވެ؟



الصفحة التالية
Icon