لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ

އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ!


وَأَنتَ حِلُّۢ بِهَٰذَا ٱلۡبَلَدِ

ކަލޭގެފާނު މިރަށުގައި ހުންނަވާ حال، މިރަށް) އެބަހީ: مكة (ގަންދެއްވައި ހުވާ وحى ކުރައްވަމެވެ.


وَوَالِدٖ وَمَا وَلَدَ

އަދި އުފަންކުރި މީހާއާއި، އޭނާޔަށް އުފަންވީހާ ބަޔަކު ގަންދެއްވަމެވެ. (އެބަހީ: آدم ގެފާނާއި آدم ގެ ދަރިންނެވެ.)


لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِي كَبَدٍ

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ.


أَيَحۡسَبُ أَن لَّن يَقۡدِرَ عَلَيۡهِ أَحَدٞ

އެކަކުވެސް އެ އިންސާނާގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެން ނުވާނޭކަމަށް އޭނާ ހީކުރަނީހެއްޔެވެ؟


يَقُولُ أَهۡلَكۡتُ مَالٗا لُّبَدًا

އޭނާ ބުނެތެވެ. ގިނަވެގެންވާ މުދާ ތިމަން خرد ކޮށް ނެތިކޮށްފީމެވެ.


أَيَحۡسَبُ أَن لَّمۡ يَرَهُۥٓ أَحَدٌ

އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެެވެ؟


أَلَمۡ نَجۡعَل لَّهُۥ عَيۡنَيۡنِ

އެކަކުވެސް އޭނާ ނުދެކޭކަމަށް އޭނާ ހީކުރަނީހެއްޔެެވެ؟



الصفحة التالية
Icon