سورة المنافقون

Divehi - Divehi; Dhivehi; Maldivian translation

ترجمه سوره منافقون به المالديفية از Divehi - Divehi; Dhivehi; Maldivian translation

Divehi - Divehi; Dhivehi; Maldivian translation


ކަލޭގެފާނުގެ އަރިހަށް منافق ން އަތުވެއްޖެހިނދު، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، اللَّه ގެ رسول އާކަމަށް ތިމަންމެން ހެކިވަމުއެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، އެކަލާނގެ رسول އާކަން اللَّه ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، منافق ންނީ، ދޮގުވެރިންކަމަށް اللَّه ހެކިވެވޮޑިގެންވެއެވެ.

އެއުރެންގެ ހުވާތަކަކީ، އައްޑަނަތަކެއް ކަމުގައި އެއުރެން ހެދޫއެވެ. ފަހެ، އެއުރެން اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުރޫއެވެ. ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!

އެއީ އެއުރެން إيمان ވެ، ދެން އެއަށްފަހު كافر ވީކަމުގެ ސަބަބުންނެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވަނީ ސިއްކަގައްސަވައިފައެވެ. ފަހެ، އެއުރެންނަކަށް ނުވިސްނެތެވެ.

އަދި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގެންފިނަމަ، އެއުރެންގެ ހަށިތައް ކަލޭގެފާނު عجائب ކުރުވަތެވެ. އަދި އެއުރެން ވާހަކަ ދައްކާނަމަ، އެއުރެން ދައްކާ ވާހަކަ ކަލޭގެފާނު އައްސަވަމުއެވެ. އެއުރެންނީ (ފާރެއްގައި) ލައްގާފައިވާ ލަކުޑިތަކެއްފަދަ ބަޔެކެވެ. އެއުރެން ހީކުރަނީ، ކޮންމެ ހަޅޭކެއް އެއީ އެއުރެންގެ މައްޗަށް އަންނަ حملة އެއް ކަމުގައެވެ. އެއުރެންނީ، ހަމަ عداوة ތެރިންނެވެ. ފަހެ، ކަލޭގެފާނު އެއުރެންނާމެދު ރައްކާތެރިވެވަޑައިގަންނަވާށެވެ! اللَّه، އެއުރެންނަށް لعنة ލައްވާހުށްޓެވެ. އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟

އަދި اللَّه ގެ رسول އާ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށް دعاء ކޮށް ދެއްވުމަށްޓަކައި، ތިޔަބައިމީހުން އަންނާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަަ، އެއުރެންގެ ބޯތައް ހޫރުވައިލައެވެ. އަދި އެއުރެން كبر ވެރިވެގެންވާ حال ގައި، އެއުރެން ފުރަގަސްދީ ދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ.

އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު دعاء ކުރެއްވިޔަސް، ނުވަތަ އެއުރެންނަށް ފާފަފުއްސެވުމަށް ކަލޭގެފާނު دعاء ނުކުރެއްވިޔަސް، އެއުރެންގެ މައްޗަށް ހަމަހަމަވެގެންވެއެވެ. اللَّه، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ. އަދި ހަމަކަށަވަމުން، فاسق ވީ މީހުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.

އެއުރެން (اللَّه ގެ رسول އާގެ އަރިހުން) ވަކިވެ ހިނގައްޖައުމަށް ދާނދެން اللَّه ގެ رسول އާ އަރިހުގައި ތިބިބަޔަކަށް ތިޔަބައިމީހުން ހޭދަނުކުރާށޭ ބުނާމީހުންނީ، އެއުރެންނެވެ. އަދި އުޑުތަކާއި، ބިމުގައިވާ خزانة ތައް މިލްކުވެގެންވަނީ، اللَّه އަށެވެ. އެހެނެއްކަމަކު منافق ންނަކަށް (އެކަމެއް) ނުވިސްނެތެވެ.

އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި مدينة އަށް އަތުވެއްޖެނަމަ، ހަމަކަށަވަރުން، އެންމެ عزّة ތެރި މީހާ، އެންމެ ދެރަ ނިކަމެތި މީހާ އެތަނުން ބޭރުކޮށްލާނެތެވެ. (އެހެންނަކުން ނޫނެވެ.) عزّة ވަނީ، اللَّه އަށެވެ. އަދި އެކަލާނގެ رسول އާއަށާއި، مؤمن ންނަށެވެ. އެހެނެއްކަމަކު منافق ންނަކަށް (އެކަމެއް) ނޭނގެތެވެ.

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް اللَّه ހަނދުމަކުރުމުން ތިޔަބައިމީހުން مشغول ކޮށް ދުރުކުރިޔަ ނުދޭހުށިކަމެވެ! އަދި އެކަންތައްކުރާ މީހާ (ދަންނާށެވެ!) ފަހެ، ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެއުރެންނެވެ.

އަދި ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައުމުގެ ކުރީގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، (އެހިނދު) އޭނާ ބުނާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކައިރި أجل އަކަށް އިބަރަސްކަލާނގެ މިއަޅާ ފަސްކުރައްވާނެނަމަ ކޮންފަދަތޯއެވެ؟ ފަހެ، އޭރުން ތިމަންއަޅާ صدقات ކޮށް، صالح އަޅުންގެ ތެރެއިން ވާހުށީމެވެ.

އަދި اللَّه، އެއްވެސް نفس އެއް، އޭގެ أجل އަންނަހިނދު، ފަހެއް ނުކުރައްވާނެތެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
تقدم القراءة