Divehi - Divehi; Dhivehi; Maldivian translation އިން المالديفية ބަހުން ސޫރަތް الصف ގެ ތަރުޖަމާ
Verse 1
އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް اللَّه އަށް تسبيح ކިޔައިފިއެވެ. އަދި އެކަލާނގެއީ، عزيز ވަންތަަ، حكيم ވަންތަ ރަސްކަލާނގެއެވެ.
Verse 2
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟
Verse 3
ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، اللَّه ގެ حضرة ގައި ނުރުއްސެވުން ބޮޑުވެގެންވެތެވެ.
Verse 4
ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެންވެތެވެ.
Verse 5
އަދި موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން އަހުރެންނަށް އުނދަގޫކުރަނީ ކީއްވެގެން ހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް اللَّه ފޮނުއްވި رسول އާކަން ތިޔަބައިމީހުން ދެނެތިބި حال ގައެވެ. ފަހެ، އެއުރެން (حق ން) އެއްކިބާވިހިނދު، اللَّه އެއުރެންގެ ހިތްތައް (ތެދުމަގުން) އެއްކިބާ ކުރެއްވިއެވެ. فاسق ވީ މީހުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.
Verse 6
އަދި مريم ގެފާނުގެ ދަރިކަލުން عيسى ގެފާނު ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ إسـرآءيـل ގެދަރިންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް اللَّه ފޮނުއްވި رسول އާއެވެ. ތިމަންކަލޭގެފާނުގެ ކުރީގައިވާ توراة ގެ حكم ތައް ތެދުކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ތިމަންކަލޭގެފާނަށްފަހު أحمد އެވެ ނަމަކަށް ކިއުނު رسول އަކު ވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ދެއްވާ ބޭކަލަކު ކަމުގައެވެ. ފަހެ، އެއުރެންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއެކު އެކަލޭގެފާނު ވަޑައިގެންނެވިހިނދު އެއުރެން ބުނޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.
Verse 7
އެމީހަކަށް إسلام دين އަށް ގޮވައިލައްވާ حال، اللَّه އާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވަތެވެ.
Verse 8
އެއުރެން އެދެނީ، اللَّه ގެ نور ފުޅު (އެބަހީ: إسلام دين) އެއުރެންގެ އަނގަތަކުންފުމެ، ނިއްވައިލުމަށެވެ. އަދި كافر ން ނުރުހުނުކަމުގައިވިޔަސް اللَّه، އެކަލާނގެ نور ފުޅު ފުރިހަމަކުރައްވާހުށްޓެވެ.
Verse 9
އެކަލާނގެއީ، ތެދުމަގާއި، حق دين އާއިގެން އެކަލާނގެ رسول އާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހާ دين ތަކުގެ މައްޗަށް އެ دين މަތިވެރި ކުރެއްވުމަށެވެ. مشرك ން ނުރުހުނުކަމުގައި ވިޔަސްމެއެވެ.
Verse 10
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި عذاب އަކުން ތިޔަބައިމީހުން މިންޖުކޮށްދޭނޭ ވިޔަފާރިއެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވަން ހެއްޔެވެ؟
Verse 11
(އެއީ) ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި، ތިޔަބައިމީހުންގެ نفس ތަކުން اللَّه ގެ މަގުގައި ތިޔަބައިމީހުން جهاد ކުރުމެވެ. ތިޔަބައިމީހުން ދަންނަނަމަ، އެގޮތް ތިޔަބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ.
Verse 12
އޭރުން އެކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާނެތެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެކަލާނގެ ތިޔަބައިމީހުން ވައްދަވާނެތެވެ. އަދި عدن އެވެ ކިއުނު ސުވަރުގެތަކުގައިވާ ރަނގަޅު ގޮވަތިގެދޮރުގައި ތިޔަބައިމީހުން ވަޒަންވެރި ކުރައްވާނެތެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ.
Verse 13
އަދި ތިޔަބައިމީހުން އެއަށް ލޯބިވާނޭ އެހެން نعمة އެއް އެކަލާނގެ ދެއްވާނެތެވެ. (އެއީ) اللَّه ގެ حضرة ން ދެއްވާ نصر އަކާއި، އަދި ގާތްވެގެންވާ فتح އެކެވެ. އަދި ކަލޭގެފާނު مؤمن ތަކުންނަށް އުފާވެރިކަމުގެ خبر ދެއްވާށެވެ!
Verse 14
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް نصر ދޭ ބަޔަކު ކަމުގައިވާށެވެ! مريم ގެފާނުގެ ދަރިކަލުން عيسى ގެފާނު، حوارى ންނަށް ވިދާޅުވި ފަދައިންނެވެ. اللَّه އަށްޓަކައި ތިމަންކަލޭގެފާނަށް نصر ދޭނީ ކޮންބަޔެއްހެއްޔެވެ؟ حوارى ން ދެންނެވޫއެވެ. ތިމަންމެންނީ، اللَّه އަށް نصر ދޭ މީހުންނެވެ. ދެން إسـرآءيـل ގެދަރިންކުރެ جماعة އެއް إيمان ވޫއެވެ. އަދި އަނެއް جماعة އެއް كافر ވޫއެވެ. ފަހެ، إيمان ވި މީހުންނަށް އެއުރެންގެ عدوّ ންގެ މައްޗަށް ތިމަންރަސްކަލާނގެ ގަދަކަން ދެއްވީމެވެ. ފަހެ، އެއުރެންވީ، ބާރުލިބި، މަތިވެރިވެގެންވާ ބަޔަކު ކަމުގައެވެ.
تقدم القراءة