Divehi - Divehi; Dhivehi; Maldivian translation އިން المالديفية ބަހުން ސޫރަތް الزلزلة ގެ ތަރުޖަމާ
Verse 1
ﮅﮆﮇﮈ
ﮉ
ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ.
Verse 2
ﮊﮋﮌ
ﮍ
އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ خزانة ތަކާއި ކަށްތައް) ނެރެއުކާލައިފިހިނދެވެ.
Verse 3
ﮎﮏﮐﮑ
ﮒ
އަދި އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފިހިނދެވެ.
Verse 4
ﮓﮔﮕ
ﮖ
އެދުވަހުން އެ ބިންގަނޑު، އޭގެ خبر ތަކުގެ ވާހަކަ ދައްކާނެތެވެ.
Verse 5
ﮗﮘﮙﮚ
ﮛ
އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެ ބިމަށް އެކަން إلهام ކުރެއްވީތީއެވެ.
Verse 6
ﮜﮝﮞﮟﮠﮡ
ﮢ
އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ عمل ތައް ދެއްކެވުމަށްޓަކައެވެ.
Verse 7
ﮣﮤﮥﮦﮧﮨ
ﮩ
ފަހެ، ذرّ އެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.
Verse 8
ﮪﮫﮬﮭﮮﮯ
ﮰ
އަދި ذرّ އެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.
تقدم القراءة