سورة العاديات

Divehi - Divehi; Dhivehi; Maldivian translation

ترجمة معاني سورة العاديات باللغة المالديفية من كتاب Divehi - Divehi; Dhivehi; Maldivian translation

Divehi - Divehi; Dhivehi; Maldivian translation

آية رقم 1


ނޭވާގެ އަޑު އިއްވަމުން، ހަރުކޮށް ދުވާ އަސްތައް ގަންދެއްވަމެވެ.
آية رقم 2

އަދި ފިޔަވަޅުތަކުން އަލިފާން ކަނޑަމުންދުވާ އަސްތައް ގަންދެއްވަމެވެ.
آية رقم 3

އަދި ފަތިހުގެ ވަގުތުގައި، حملة ދޭ އަސްތައް ގަންދެއްވަމެވެ.
آية رقم 4

ފަހެ، އެ އަސްތައް، އެ ވަގުތު ހިރަފުސް ބުރުވައިލަތެވެ.
آية رقم 5

ފަހެ، އެ އަސްތައް އެ ހިރަފުސްތަކުގެ ތެރޭގައި) دشمن ންގެ (ބައިގަނޑުގެ މެދަށް ވަދެގަނެތެވެ.
آية رقم 6

ހަމަކަށަވަރުން، އިންސާނާއީ، އޭނާގެ ވެރިރަސްކަލާނގެއަށް ހަރާންކޯރުވުން ބޮޑު މީހެކެވެ.
آية رقم 7

އަދި ހަމަކަށަވަރުންް، އެ އިންސާނާއީ، އެކަމުގެ މައްޗަށް ހެކިވެރިޔަކުކަން ކަށަވަރެވެ.
آية رقم 8

އަދި ހަމަކަށަވަރުންް، އެ އިންސާނާއީ، މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ.
آية رقم 9

އަދި ހަމަކަށަވަރުންް، އެ އިންސާނާއީ، މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ.
آية رقم 10

ކަށްވަޅުތަކުގައިވާ ތަކެތި ނެރެ އުކައިލައްވާހިނދު، އަދި ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރައްވާހިނދު، ފަހެ، އެ އިންސާނާ) އެކަންތައް (ނުދަންނަނީ ހެއްޔެވެ؟
آية رقم 11

ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއީ، އެދުވަހުން އެއުރެންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.
تقدم القراءة