سورة العلق

Divehi - Divehi; Dhivehi; Maldivian translation

ترجمة معاني سورة العلق باللغة المالديفية من كتاب Divehi - Divehi; Dhivehi; Maldivian translation

Divehi - Divehi; Dhivehi; Maldivian translation

آية رقم 1


ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ.
آية رقم 2

ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ.
آية رقم 3

ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ.
آية رقم 4

އެކަލާނގެއީ، قلم ން) ލިޔަން (އުނގަންނައިދެއްވި ރަސްކަލާނގެއެވެ.
آية رقم 5

އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.
آية رقم 6

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ.
آية رقم 7

އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ.
آية رقم 8

ހަމަކަށަވަރުންް، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.
آية رقم 9

ހަމަކަށަވަރުންް، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.
آية رقم 10

އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟
آية رقم 11

އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ؟
آية رقم 12

ތިބާ خبر ދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް، ނުވަތަ تقوى ވެރިވުމަށް أمر ކުރިނަމަވެސް ހެއްޔެވެ؟
آية رقم 13

ތިބާ خبر ދީ ބަލާށެވެ! އޭނާ ދޮގުކޮށް ފުރަގަސްދިންނަމަވެސް ހެއްޔެވެ؟
آية رقم 14

ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟
آية رقم 15

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ.
آية رقم 16

އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ.
آية رقم 17

ފަހެ، އޭނާޔާއެކު جلسة ކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ!
آية رقم 18

ނިކަންހުރެ ތިމަންރަސްކަލާނގެ زبانىّ ملائكة ންނަށް ގޮވައިލައްވާހުށީމެވެ.
آية رقم 19

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! އަދި سجدة ކުރައްވައި ނަމާދު ކުރައްވާށެވެ! އަދި) اللَّه ގެ حضرة އަށް (ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!
تقدم القراءة