Surah At-Tariq in ދިވެހިބަސް
سورة الطارق · Verses: 17 · Meccan
Translation: Divehi - Divehi; Dhivehi; Maldivian translation
-
1
وَٱلسَّمَآءِ وَٱلطَّارِقِ
އުޑާއި، އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރި ގަންދެއްވަމެވެ. -
2
وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ
އަދި ރޭގަނޑަށް ފާޅުކަންބޮޑު ތަރިޔަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ -
3
ٱلنَّجۡمُ ٱلثَّاقِبُ
އެއީ އަނދިރިކަން ތޮރުފައިލާ، އަލިކަންގަދަ ތަރިއެެވެ. -
4
إِن كُلُّ نَفۡسࣲ لَّمَّا عَلَيۡهَا حَافِظࣱ
އެއްވެސް نفس އެއް، އެ نفس އެއްގެ މައްޗަށް ރައްކާތެރިވާނޭ ملائكة އަކު ނެތިއެއް ނުވެއެވެ. -
5
فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ
ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ! -
6
خُلِقَ مِن مَّآءࣲ دَافِقࣲ
ފަހެ، އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ! -
7
يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ
އޭނާ ހައްދަވާފައިވަނީ، މައިކަށްޓާއި، މޭމަތީގެ ކަށިތަކާ ދެމެދުން ނުކުންނަ، ގަދަޔަށް އޮހޮރިގެންދާ ފެނަކުންނެވެ. -
8
إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرࣱ
ހަމަކަށަވަރުން، އެކަލާނގެއީ، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވުމުގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. -
9
يَوۡمَ تُبۡلَى ٱلسَّرَآئِرُ
ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، امتحان ކުރައްވާ ދުވަހެވެ. -
10
فَمَا لَهُۥ مِن قُوَّةࣲ وَلَا نَاصِرࣲ
ފަހެ، އޭނާޔަށް އެއްވެސް ބާރެއް، އަދި نصر ދޭނޭ މީހަކުވެސް ނުވެއެވެ. -
11
وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ
ވާރޭވެއްސާ އުޑު ގަންދެއްވަމެވެ. -
12
وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ
އަދި ގަސްފަޅާ ބިން ގަންދެއްވަމެވެ. -
13
إِنَّهُۥ لَقَوۡلࣱ فَصۡلࣱ
ހަމަކަށަވަރުން، އެ قرآن އަކީ، حق އާއި، باطل ވަކިކުރާ ތެދުބަސްފުޅެއްކަން ކަށަވަރެވެ. -
14
وَمَا هُوَ بِٱلۡهَزۡلِ
އަދި ކުޅޭކުޅޭ އެއްޗެއްކަމުގައި އެ قرآن ނުވެއެވެ. -
15
إِنَّهُمۡ يَكِيدُونَ كَيۡدࣰا
ހަމަކަށަވަރުން، އެއުރެން (ކަލޭގެފާނާ ދެކޮޅަށް) މަކަރުވެރި ރޭވުމެއް ރާވަތެވެ. -
16
وَأَكِيدُ كَيۡدࣰا
އަދި ތިމަންރަސްކަލާނގެވެސް ރޭއްވެވުމެއް ރާއްވަވަމެވެ. -
17
فَمَهِّلِ ٱلۡكَٰفِرِينَ أَمۡهِلۡهُمۡ رُوَيۡدَۢا
ފަހެ، كافر ންނަށް ކަލޭގެފާނު مهلة އެއް ދެއްވާށެވެ! ކުޑަހިނދުކޮޅަކަށް އެއުރެންނަށް ލަސްކޮށްލައްވާށެވެ!