سورة النجم

Divehi - Divehi; Dhivehi; Maldivian translation

Divehi - Divehi; Dhivehi; Maldivian translation އިން المالديفية ބަހުން ސޫރަތް النجم ގެ ތަރުޖަމާ

Divehi - Divehi; Dhivehi; Maldivian translation

Verse 1


އޮއްސިގެންދާހިނދު، ތަރި ގަންދެއްވައި وحى ކުރައްވަމެވެ.

ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: محمد ގެފާނު) حق ގެމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި باطل اعتقاد އެއް ނުކުރައްވައެވެ.
Verse 3

އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ.

އެއީ އެކަލޭގެފާނަށް އިއްވަވާ وحى އެއްކަމުގައި ނޫނީ ނުވެތެވެ.
Verse 5

ބާރުގަދަ ملائكة އަކު، އެކަލޭގެފާނަށް އެ (وحى) އުނގަންނައިދެއްވިއެވެ.
Verse 6

(އެ ملائكة އަކީ) ވިސްނުންތެރިކަމުގެ ވެރިޔެކެވެ. ފަހެ، އެ ملائكة އާ އެކަލޭގެފާނުގެ أصل صورة ގައި قائم ވެވަޑައިގެން ހުންނެވިއެވެ.
Verse 7

(އެހިނދު) އެ ملائكة އާ ވަނީ، އެންމެމަތީ އުދަރެހުގައެވެ.
Verse 8

ދެން އެ ملائكة އާ (رسول އާއާ) އަރިސްވެވަޑައިގަތެވެ. ދެން އެއަށްވުރެވެސް އަރިސްވެވަޑައިގަތެވެ.

އެ އަރިސްވުންވީ، ދެ قوس ގެ މިންވަރަށެވެ. (އެބަހީ: ދެ ދުނިދަނޑީގެ މިންވަރަށެވެ.) ނުވަތަ އެއަށްވުރެވެސް އަރިހަށެވެ.

ދެން (اللَّه) އެކަލާނގެ އަޅާއަށް وحى ކުރެއްވި އެއްޗެއް وحى ކުރެއްވިއެވެ. (އެބަހީ: މަތިވެރިވެގެންވާ وحى ބަސްފުޅުތަކެއް އެކަލޭގެފާނަށް އިއްވެވިއެވެ.)

އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު إنكار އެއް ނުކުރައްވަތެވެ.
Verse 12

އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟
Verse 13

ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) އެހެންފަހަރަކުވެސް އެ ملائكة އާ ދެކެވަޑައިގަތްކަން ކަށަވަރެވެ.
Verse 14

سدرة المنتهى ގެ ކައިރިންނެވެ.
Verse 15

އެތާނގެ ކައިރީގައި جنة المأوى ވެއެވެ. (އެއީ مؤمن ތަކުންގެ ފުރާނަތަކުގެ مركز އެވެ.)

سدرة المنتهى ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ.

އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ.

ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ.
Verse 19

ފަހެ، لات އާއި، عزّى އާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟
Verse 20

އަދި مناة އެވެ ކިއުނު އަނެއް ތިންވަނަ ބުދާ މެދުވެސްމެއެވެ.
Verse 21

ތިޔަބައިމީހުންނަށް ފިރިހެންދަރިންވެފައި، އެކަލާނގެއަށް އަންހެންދަރިން ވަނީ ހެއްޔެވެ؟
Verse 22

(އެހެންވަނީނަމަ) އެއީ حق މަގުން އެއްކިބާވެގެންވާ ބައިކުރުމެކެވެ.

އެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން ކިޔައިގެންއުޅޭ ހުސް ނަންތަކެއް ކަމުގައިނޫނީ ނުވެތެވެ. އެތަކެއްޗަށް اللَّه އެއްވެސްބާރެއް ދެއްވައިފައެއް ނުވެތެވެ. ހީއަކަށާއި، هوىنفس ގެ އެދުންތަކަކަށް މެނުވީ އެއުރެން تبع ވާކަމުގައި ނުވެތެވެ. ހަމަކަށަވަރުން، އެއުރެންނާ ހަމަޔަށް އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ތެދުމަގު އައިސްފައިވާކަން ކަށަވަރެވެ.
Verse 24

އަދި ކިއެއްތަ! އިންސާނާއަށް އޭނާ އެދޭހާކަމެއް ލިބޭހެއްޔެވެ؟
Verse 25

ފަހެ، ދުނިޔެއާއި، آخرة ގެ ކަންތައް މިލްކުވެ خاص ވެގެންވަނީ اللَّه އަށެވެ.

އަދި اللّه އިރާދަކުރައްވާ މީހަކަށް އެކަލާނގެ إذن ދެއްވައި ރުހިވޮޑިގަތުމަށްފަހުގައި މެނުވީ، އެއުރެންގެ شفاعة ން އެއްވެސްކަމެއް ފުއްދައިނުދޭ ކިތައްކިތައް ملائكة ން އުޑުތަކުގައި ވޭހެއްޔެވެ؟

ހަމަކަށަވަރުން، آخرة އަށް إيمان ނުވާމީހުން ملائكة ންނަށް، އަންހެނުންގެ ނަމުން ނަންދޭކަން ކަށަވަރެވެ.

އެއުރެންނަށް އެކަމުގެ އެއްވެސް علم އެއް ލިބިގެންނުވާ حال ގައެވެ. ހީއަކަށް މެނުވީ އެއުރެން تبع ވާކަމުގައެއް ނުވެތެވެ. އަދި ހަމަކަށަވަރުން، ހީއަކީ حق ގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއްނޫނެވެ.

ފަހެ، ތިމަންރަސްކަލާނގެ ހަނދާންކުރުމުން އެއްކިބާވެ، ފުރަގަސްދީ، އަދި ދުނިޔޭގެ ދިރިއުޅުން ނޫންކަމެއް ނޭދޭމީހާ، ކަލޭގެފާނު ދޫކޮށްލައްވާށެވެ!

علم ގެ ތެރެއިން އެއުރެންނަށް ލިބިފައިވާ މިންވަރަކީ އެއީއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން ފުރެދިގެންދިޔަމީހާ ދެނެވޮޑިގަތުން ބޮޑެވެ. އަދި އެކަލާނގެ، ތެދުމަގު ލިބިގަތްމީހާ ދެނެވޮޑިގަތުންވެސް ބޮޑުމެއެވެ.

އަދި އުޑުތަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. އެއީ ނުބައި عمل ކުޅަމީހުންނަށް އެއުރެންކުޅަ ނުބައި عمل އަށް ޖަޒާދެއްވުމަށެވެ. އަދި ހެޔޮ عمل ކުޅަމީހުންނަށް ހެޔޮ ޖަޒާ ދެއްވުމަށެވެ.

އެއުރެންނީ، ކުދި ފާފަތައް ފިޔަވައި، ބޮޑު ފާފަތަކާއި، فاحش ކަންތަކުން ދުރުވެގަންނަ މީހުންނެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުން ތަނަވަސް ރަސްކަލާނގެއެވެ. ތިޔަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިޔަބައިމީހުން ތިބިހިނދުގައިވެސް، އެކަލާނގެ ތިޔަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތާރީފުކޮށް فخر ވެރިނުވާށެވެ! تقوى ވެރިވީމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ.
Verse 33

އެއުރެންނީ، ކުދި ފާފަތައް ފިޔަވައި، ބޮޑު ފާފަތަކާއި، فاحش ކަންތަކުން ދުރުވެގަންނަ މީހުންނެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުން ތަނަވަސް ރަސްކަލާނގެއެވެ. ތިޔަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިޔަބައިމީހުން ތިބިހިނދުގައިވެސް، އެކަލާނގެ ތިޔަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތާރީފުކޮށް فخر ވެރިނުވާށެވެ! تقوى ވެރިވީމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ.
Verse 34

إيمان ކަމުން އެއްކިބާވެ (މުދަލުން) ކުޑަ އެތިކޮޅެއްދީ (އަނެއްބައި) ހިފެހެއްޓިމީހާ ފަހެ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟

ފަހެ، އޭނާޔަށް (އެކަން) އެނގުމަށް އޭނާޔަށް غيب ގެ علم ލިބިފައިވަނީ ހެއްޔެވެ؟

އަދި ކީއްހެއްޔެވެ؟ موسى ގެފާނުގެ ފަތްފުށްތަކުގައިވާ ތަކެތީގެ خبر އޭނާޔަށް ނުލިބެނީހެއްޔެވެ؟
Verse 37

އަދި (ހުރިހާ ކަންތައްތަކެއް) ފުރިހަމަގޮތުގައި ފުއްދެވި، إبراهيم ގެފާނު (ގެ ފަތްފުށްތައް) ވެސްމެއެވެ.

އަދި ފާފަވެރި އެއްވެސް نفس އެއް، އެހެން نفس އެއްގެ ފާފަޔެއް ނުއުފުލާނެތެވެ.

އަދި އިންސާނާޔަށް އޭނާ ކުޅަ عمل އެއް (ގެ ޖަޒާ) މެނުވީ ނުވެއެވެ.
Verse 40

އަދި ހަމަކަށަވަރުން، އޭނާ ކުޅަ عمل އެއް ނިކަންހުރެ އޭނާ ދެކޭނެތެވެ.
Verse 41

ދެން އޭނާ ކުޅަ عمل އަށް އެންމެފުރިހަމަ ޖަޒާ ދެއްވާނެއެވެ.
Verse 42

އަދި އެނބުރި ދިއުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.
Verse 43

އަދި ހެއްވަވަނީވެސް، އަދި ރޮއްވަވަނީވެސް ހަމައެކަލާނގެއެވެ.
Verse 44

އަދި މަރުގަންނަވަނީވެސް، އަދި ދިރުއްވަނީވެސް ހަމައެކަލާނގެއެވެ.

އަދި މަރުގަންނަވަނީވެސް، އަދި ދިރުއްވަނީވެސް ހަމައެކަލާނގެއެވެ.
Verse 46

އަދި رحم ގެ ތެރެޔަށް މަނިފޮދެއް އެޅޭހިނދު އެއިން، ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ.
Verse 47

އަދި (މަރުވުމަށްފަހު) އަލުން ދިރުއްވުންވަނީވެސް އެކަލާނގެއަށެވެ.
Verse 48

އަދި މުއްސަނދިކުރައްވަނީވެސް، އަދި فقير ކުރައްވަނީވެސް އެކަލާނގެއެވެ.
Verse 49

އެކަލާނގެއީ، الشعرى އޭ ކިއުނު ތަރީގެ ވެރިރަސްކަލާނގެއެވެ.
Verse 50

އަދި ކުރީގެ عاد ބާގައިމީހުން ހަލާކުކުރައްވައި ނެތިކުރެއްވީވެސް އެކަލާނގެއެވެ.
Verse 51

އަދި ثمود ބާގައިމީހުންގެ އެކަކުވެސް ނުބަހައްޓަވައި ހަލާކުކުރެއްވިއެވެ.

އަދި އޭގެކުރިން نوح ގެފާނުގެ قوم ގެމީހުން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެއުރެންވީ އަނިޔާވެރިކަންބޮޑު، އަދި އުރެދުންބޮޑު ބަޔަކު ކަމުގައެވެ.
Verse 53

އަދި لوط ބާގައިމީހުންގެ ރަށް ބަންޑުންޖައްސަވައި ވައްޓަވައިލެއްވިއެވެ.
Verse 54

ފަހެ، އެރަށަށް ޖެއްސެވި عذاب އެއް ޖެއްސެވިއެވެ.
Verse 55

ފަހެ، ތިބާ شك ކުރަނީ ތިބާގެ ވެރިރަސްކަލާނގެ نعمة ތަކުގެ ތެރެއިން ކޮންކޮން نعمة އަކަށް ހެއްޔެވެ؟

މިއީ (އެބަހީ: محمد ގެފާނީ) އިސްވެދިޔަ نذير ންފަދަ نذير އެކެވެ.
Verse 57

قيامة ދުވަސް ގާތްވެއްޖެއެވެ.

اللَّه މެނުވީ އެދުވަސް ހާމަކުރާނޭ އެއްވެސްފަރާތެއް ނުވެއެވެ.
Verse 59

اللَّه މެނުވީ އެދުވަސް ހާމަކުރާނޭ އެއްވެސްފަރާތެއް ނުވެއެވެ.
Verse 60

ފަހެ، ތިޔަބައިމީހުން عجائب ވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: قرآن އާމެދުގައި) ހެއްޔެވެ؟
Verse 61

އަދި ތިޔަބައިމީހުންވަނީ، ބޮޑާވެ غافل ވެގެންނެވެ.
Verse 62

ފަހެ، ތިޔަބައިމީހުން اللَّه އަށް سجدة ކުރާށެވެ! (އަދި ހަމައެކަނި) އެކަލާނގެއަށް އަޅުކަންކުރާށެވެ!
تقدم القراءة