Surah At-Takwir in ދިވެހިބަސް
سورة التكوير · Verses: 29 · Meccan
Translation: Divehi - Divehi; Dhivehi; Maldivian translation
-
1
إِذَا ٱلشَّمۡسُ كُوِّرَتۡ
އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ. -
2
وَإِذَا ٱلنُّجُومُ ٱنكَدَرَتۡ
އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ. -
3
وَإِذَا ٱلۡجِبَالُ سُيِّرَتۡ
އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ. -
4
وَإِذَا ٱلۡعِشَارُ عُطِّلَتۡ
އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ. -
5
وَإِذَا ٱلۡوُحُوشُ حُشِرَتۡ
އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ. -
6
وَإِذَا ٱلۡبِحَارُ سُجِّرَتۡ
އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ. -
7
وَإِذَا ٱلنُّفُوسُ زُوِّجَتۡ
އަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ. -
8
وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ
އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ سؤال ކުރައްވާ ހިނދެވެ. -
9
بِأَيِّ ذَنۢبࣲ قُتِلَتۡ
އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟ -
10
وَإِذَا ٱلصُّحُفُ نُشِرَتۡ
އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެެވެ. -
11
وَإِذَا ٱلسَّمَآءُ كُشِطَتۡ
އަދި އުޑު ގެންދަވާ ހިނދެވެ. -
12
وَإِذَا ٱلۡجَحِيمُ سُعِّرَتۡ
އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ. -
13
وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ
އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ. -
14
عَلِمَتۡ نَفۡسࣱ مَّآ أَحۡضَرَتۡ
ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ. -
15
فَلَآ أُقۡسِمُ بِٱلۡخُنَّسِ
ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ. -
16
ٱلۡجَوَارِ ٱلۡكُنَّسِ
ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ. -
17
وَٱلَّيۡلِ إِذَا عَسۡعَسَ
އަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. -
18
وَٱلصُّبۡحِ إِذَا تَنَفَّسَ
އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ. -
19
إِنَّهُۥ لَقَوۡلُ رَسُولࣲ كَرِيمࣲ
ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ. -
20
ذِي قُوَّةٍ عِندَ ذِي ٱلۡعَرۡشِ مَكِينࣲ
عرش ގެ ވެރިރަސްކަލާނގެ حضرة ގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ. -
21
مُّطَاعࣲ ثَمَّ أَمِينࣲ
އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ. -
22
وَمَا صَاحِبُكُم بِمَجۡنُونࣲ
އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: محمد ގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ. -
23
وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِينِ
އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: جبريل ގެފާނު) ދެކެވަޑައިގަތެވެ. -
24
وَمَا هُوَ عَلَى ٱلۡغَيۡبِ بِضَنِينࣲ
އަދި غيب ގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ނުވެއެވެ. -
25
وَمَا هُوَ بِقَوۡلِ شَيۡطَٰنࣲ رَّجِيمࣲ
އަދި رحمة ން ބޭރުކުރައްވާފައިވާ شيطان އެއްގެ ބަސްކަމުގައިވެސް އެ قرآن ނުވެއެވެ. -
26
فَأَيۡنَ تَذۡهَبُونَ
ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟ -
27
إِنۡ هُوَ إِلَّا ذِكۡرࣱ لِّلۡعَٰلَمِينَ
عالم ތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ. -
28
لِمَن شَآءَ مِنكُمۡ أَن يَسۡتَقِيمَ
ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ. -
29
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ
عالم ތަކުގެ ވެރި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ.