Surah Al-Infitar in ދިވެހިބަސް
سورة الإنفطار · Verses: 19 · Meccan
Translation: Divehi - Divehi; Dhivehi; Maldivian translation
-
1
إِذَا ٱلسَّمَآءُ ٱنفَطَرَتۡ
ސއުޑު ފަޅަފަޅައިގެންދާ ހިނދެވެ. -
2
وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ
އަދި ތަރިތައް ވެރި، ބުރައިގެންދާ ހިނދެވެ. -
3
وَإِذَا ٱلۡبِحَارُ فُجِّرَتۡ
އަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ. -
4
وَإِذَا ٱلۡقُبُورُ بُعۡثِرَتۡ
އަދި ކަށްވަޅުތައް އެފުށްމިފުށަށްޖެހި، ކަށްތައް ނެރެލައްވާހިނދެވެ. -
5
عَلِمَتۡ نَفۡسࣱ مَّا قَدَّمَتۡ وَأَخَّرَتۡ
(އެހިނދު) ކޮންމެ نفس އަކަށް، އެ نفس އެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ. -
6
يَٰٓأَيُّهَا ٱلۡإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلۡكَرِيمِ
އޭ އިންސާނާއެވެ! ތިބާގެ ވެރި، ދީލަތިވަންތަ ރަސްކަލާނގެއާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟ -
7
ٱلَّذِي خَلَقَكَ فَسَوَّىٰكَ فَعَدَلَكَ
އެކަލާނގެއީ، ތިބާ ހައްދަވައި، އަދި ތިބާގެ ގުނަންތައް ފުރިހަމަކުރައްވައި، އިސްކޮޅާ ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި ރަސްކަލާނގެއެވެ. -
8
فِيٓ أَيِّ صُورَةࣲ مَّا شَآءَ رَكَّبَكَ
އެކަލާނގެ އިރާދަކުރެއްވި ކޮންމެ ސިފަޔަކަށް، އެކަލާނގެ، ތިބާ، تركيب ކުރެއްވިއެވެ. -
9
كَلَّا بَلۡ تُكَذِّبُونَ بِٱلدِّينِ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! (قيامة ދުވަހުން) ޖަޒާ ދެއްވާނޭކަން ތިޔަބައިމީހުން ދޮގުކުރަމުއެވެ. -
10
وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ
އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ ملائكة ންވެއެވެ. -
11
كِرَامࣰا كَٰتِبِينَ
(އެއީ) މާތްވެގެންވާ، ލިޔުއްވާ ملائكة ންނެވެ. -
12
يَعۡلَمُونَ مَا تَفۡعَلُونَ
ތިޔަބައިމީހުން ކުރާ ކަންތައް އެ ملائكة ން ދެނެވަޑައިގެންވެތެވެ. -
13
إِنَّ ٱلۡأَبۡرَارَ لَفِي نَعِيمࣲ
ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، نعمة ގެ ސުވަރުގޭގައިކަން ކަށަވަރެވެ. -
14
وَإِنَّ ٱلۡفُجَّارَ لَفِي جَحِيمࣲ
އަދި ހަމަކަށަވަރުން، كافر ންވަނީ، ނަރަކައިގައިކަން ކަށަވަރެވެ. -
15
يَصۡلَوۡنَهَا يَوۡمَ ٱلدِّينِ
قيامة ދުވަހު އެއުރެން އެ ނަރަކަޔަށް ވަންނާނެތެވެ. -
16
وَمَا هُمۡ عَنۡهَا بِغَآئِبِينَ
އެއުރެން އެ ނަރަކައިން ނުކުންނާނޭ ބަޔަކު ކަމުގައެއް ނުވެއެވެ. -
17
وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ -
18
ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
ދެންވެސް قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ -
19
يَوۡمَ لَا تَمۡلِكُ نَفۡسࣱ لِّنَفۡسࣲ شَيۡـࣰٔاۖ وَٱلۡأَمۡرُ يَوۡمَئِذࣲ لِّلَّهِ
(އެއީ) އެއްވެސް نفس އެއް، އަނެއް نفس އަކަށް އެއްވެސްކަމެއް ކޮށްދިނުން މިލްކުވެގެންނުވާ ދުވަހެވެ. އަދި އެދުވަހުން، أمر ވެރިކަން މިލްކުވެގެންވަނީ (ހަމައެކަނި) اللَّه އަށެވެ.