Surah Al-Masad in ދިވެހިބަސް
سورة المسد · Verses: 5 · Meccan
Translation: Divehi - Divehi; Dhivehi; Maldivian translation
-
1
تَبَّتۡ يَدَآ أَبِي لَهَبࣲ وَتَبَّ
أبولهب ގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! (އެބަހީ: أبولهب އަށް ހަލާކު ހުށްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ. -
2
مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ
އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ. -
3
سَيَصۡلَىٰ نَارࣰا ذَاتَ لَهَبࣲ
ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ. -
4
وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ
އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުންހިނގާ) އޭނާގެ އަނބިކަނބުލޭގެވެސްމެއެވެ. -
5
فِي جِيدِهَا حَبۡلࣱ مِّن مَّسَدِۭ
ކިފުޅިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައިވެއެވެ.