Surah Al-Ikhlas in ދިވެހިބަސް
سورة الإخلاص · Verses: 4 · Meccan
Translation: Divehi - Divehi; Dhivehi; Maldivian translation
-
1
قُلۡ هُوَ ٱللَّهُ أَحَدٌ
ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ. -
2
ٱللَّهُ ٱلصَّمَدُ
اللَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. -
3
لَمۡ يَلِدۡ وَلَمۡ يُولَدۡ
އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. -
4
وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ
އަދި އެކަލާގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ.