Surah Al-Qari'ah in ދިވެހިބަސް
سورة القارعة · Verses: 11 · Meccan
Translation: Divehi - Divehi; Dhivehi; Maldivian translation
-
1
ٱلۡقَارِعَةُ
ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ قيامة ދުވަހެވެ. -
2
مَا ٱلۡقَارِعَةُ
ހިތްތަކަށް ބިރުވެރިކަންގެނެސްދޭ قيامة ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟ -
3
وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ
އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ -
4
يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ
ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ. -
5
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ
އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ. -
6
فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ
ފަހެ، އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ! -
7
فَهُوَ فِي عِيشَةࣲ رَّاضِيَةࣲ
ފަހެ، އެމީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (އެބަހީ: ސުވަރުގޭގައެވެ.) -
8
وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ
އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ! -
9
فَأُمُّهُۥ هَاوِيَةࣱ
ފަހެ، އޭނާ އުޅޭނެތަނަކީ، ނަރަކައިގެ އަޑިއެވެ. -
10
وَمَآ أَدۡرَىٰكَ مَا هِيَهۡ
އަދި އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ -
11
نَارٌ حَامِيَةُۢ
އެއީ އަނދައަނދާހުންނަ ނަރަކައިގެ އަލިފާނެވެ.