۞وَلَقَدۡ أَخَذَ ٱللَّهُ مِيثَٰقَ بَنِيٓ إِسۡرَـٰٓءِيلَ وَبَعَثۡنَا مِنۡهُمُ ٱثۡنَيۡ عَشَرَ نَقِيبٗاۖ وَقَالَ ٱللَّهُ إِنِّي مَعَكُمۡۖ لَئِنۡ أَقَمۡتُمُ ٱلصَّلَوٰةَ وَءَاتَيۡتُمُ ٱلزَّكَوٰةَ وَءَامَنتُم بِرُسُلِي وَعَزَّرۡتُمُوهُمۡ وَأَقۡرَضۡتُمُ ٱللَّهَ قَرۡضًا حَسَنٗا لَّأُكَفِّرَنَّ عَنكُمۡ سَيِّـَٔاتِكُمۡ وَلَأُدۡخِلَنَّكُمۡ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۚ فَمَن كَفَرَ بَعۡدَ ذَٰلِكَ مِنكُمۡ فَقَدۡ ضَلَّ سَوَآءَ ٱلسَّبِيلِ
ހަމަކަށަވަރުން، اللَّه، إسـرآءيـل ގެދަރިންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕެވިއެވެ. އަދި އެއުރެންގެ ތެރެއިން ބާރަ نقيب ން (އެބަހީ: ބާރަ ވެރިން) ތިމަންރަސްކަލާނގެ اختيار ކުރެއްވީމެވެ. އަދި اللَّه وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއެކު ވޮޑިގެންވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ނަމާދު قائم ކުރާނަމަ، އަދި زكاة ދޭނަމަ، އަދި ތިމަންރަސްކަލާނގެ رسول ންނަށް ތިޔަބައިމީހުން إيمان ވެ، އެ رسول ންނަށް نصر ދޭނަމަ، އަދި اللَّه އަށްޓަކައި ހެޔޮވެގެންވާ ދަރަންޏަކުން ދަރަނިދޭނަމަ، (އެބަހީ: اللَّه ގެ މަގުގައި ހޭދަކުރާނަމަ) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާހުށީމެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ވައްދަވާހުށީމެވެ. ދެން އެ އެންގެވުމަށްފަހު، ތިޔަބައިމީހުންގެ ތެރެއިން كافر ވިމީހާ، ފަހެ، ހަމަމަގުން އެއްކިބާވެ ފުރެދިއްޖެކަން ކަށަވަރެވެ.
Divehi - Divehi; Dhivehi; Maldivian translation