ترجمة معاني سورة الأنفال باللغة المالديفية من كتاب Divehi - Divehi; Dhivehi; Maldivian translation
ﰡ
آية رقم 1
غنيمة މުދަލާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެެ! غنيمة މުދާ ވަނީ، اللَّه އަށާއި، رسول އާއަށެވެ. ފަހެ، اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުންގެ ދެމެދުގެ ގުޅުންތައް إصلاح ކުރާށެވެ! އަދި ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ!
آية رقم 2
مؤمن ން ވާކަން ކަށަވަރީ، اللَّه ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) آية ތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ إيمان ކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުން ކަމުގައެވެ.
آية رقم 3
ﭹﭺﭻﭼﭽﭾ
ﭿ
އެއުރެންނީ، ނަމާދު قائم ކުރާ މީހުންނެވެ. އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ.
آية رقم 4
حقيقة ގައި مؤمن ންނަކީ، ހަމަ އެއުރެންނެވެ. އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި މަތިވެރި ދަރަޖަތަކާއި، ފާފަފުއްސެވުމާއި، ދީލަތިވެގެންވާ رزق އެއުރެންނަށް ހުށްޓެވެ.
آية رقم 5
ކަލޭގެފާނުގެ ވެރިރަސްކަލާނގެ، حق ގޮތުގައި ކަލޭގެފާނުގެ ގެކޮޅުން ކަލޭގެފާނު ނެރުއްވި ފަދައިންނެވެ. ހަމަކަށަވަރުން، مؤمن ންގެ ބަޔަކު (އެކަމާ) ނުރުހުންވެގެންވާކަން ކަށަވަރެވެ.
آية رقم 6
حق بيان ވުމަށްފަހު، އެ حق އާމެދު އެއުރެން ކަލޭގެފާނާ ޖަދަލުކުރެތެވެ. އެއުރެން ބަލަބަލާތިއްބައި މަރަށް ގެންދެވޭ ބަޔަކު ކަމުގައި އެއުރެންވާ ކަހަލައެވެ.
آية رقم 7
ދެބައިމީހުންގެ ތެރެއިން (އެބަހީ: ވިޔަފާރި قافلة އާއި، ހަނގުރާމަވެރި لشكر ގެތެރެއިން) އެއްބަޔެއްގެ މައްޗަށް ތިޔަބައިމީހުންނަށް نصر ލިބޭނެ ކަމުގައި، اللَّه ތިޔަބައިމީހުންނަށް وعد ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އަދި ބާރުވެރިކަން ލިބިގެންނުވާ މީހުން، ތިޔަބައިމީހުންނަށްޓަކައި އޮތުމަށް ތިޔަބައިމީހުން އެދެމުއެވެ. (ނަމަވެސް) اللَّه އިރާދަކުރައްވަނީ، އެކަލާނގެ كلمة ފުޅުތަކުން حق ސާބިތުކުރައްވައި، ފާޅުކުރެއްވުމަށެވެ. އަދި كافر ންގެ أصل މުލުން ލުހެލެއްވުމަށެވެ.
آية رقم 8
(އެއީ) ކުށްވެރިން ނުރުހުނު ކަމުގައިވިޔަސް، حق ގަދަކުރައްވައި، باطل ނެތިކުރެއްވުމަށްޓަކައެވެ.
آية رقم 9
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް އެހީއަށްއެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވައި އެންގެވިއެވެ. ملائكة ންގެ ހާހަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާހުށީމެވެ. އެކަކަށްފަހު އަނެކަކު އަންނަގޮތުގައެވެ.
آية رقم 10
އުފާވެރިކަމުގެ خبر އެއް ކަމުގައްޔާއި، އެކަމުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް ހަމަޖެހުމަށްޓަކައި މެނުވީ، اللَّه އެކަންތަކެއް ނުލައްވައެވެ. އަދި اللَّه ގެ حضرة ން މެނުވީ، نصر ލިބުމެއް ނުވެއެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
آية رقم 11
އެކަލާނގެ حضرة ން އައި أمان ކަމެއްގެ ގޮތުގައި ނިދިޖެހުން ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވައި، އަދި އެކަލާނގެ ތިޔަބައިމީހުން طاهر ކުރެއްވުމަށާއި، شيطان އާގެ ވަސްވާސް ތިޔަބައިމީހުންގެ ކިބައިން ފިއްލެވުމަށާއި، ތިޔަބައިމީހުންގެ ހިތްތަކަށް ގަދަކަން ދެއްވުމަށާއި، (ތިޔަބައިމީހުންގެ) ފައިތިލަތައް ސާބިތު ކުރެއްވުމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިހިނދު، ހަނދުމަކުރާށެވެ!
آية رقم 12
ކަލޭގެފާނުގެ ވެރިރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވޮޑިގެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. ފަހެ، إيمان ވި މީހުންނަށް ސާބިތުކަން ދެއްވާށެވެ! كافر ވި މީހުންގެ ހިތްތަކަށް ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާހުށީމެވެ. ފަހެ، ކަނދުރާތަކުގެ މަތީގައި ތިޔަބައިމީހުން (ކަނޑިން) ޖަހާށެވެ! އަދި އެއުރެންގެ ހުރިހާ އިނގިލިކުރިތަކުގައި (ކަނޑިން) ޖަހާށެވެ!
آية رقم 13
އެއީ އެއުރެން، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވީ ކަމަށްޓަކައެވެ. اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.
آية رقم 14
ﮱﯓﯔﯕﯖﯗ
ﯘ
އެއީ އެކަން އޮތްގޮތެވެ. ފަހެ، ތިޔަބައިމީހުން (އެބަހީ: كافر ން) އެ عذاب ގެ ރަހަ ލިބިގަންނާށެވެ! އަދި ހަމަކަށަވަރުން، كافر ވި މީހުންނަށް ނަރަކައިގެ عذاب ހުށްޓެވެ.
آية رقم 15
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! (ހަނގުރާމައިގެ މައިދާނުގައި) ކުރިމަތިލައި އަންނަނިކޮށް، كافر ވި މީހުންނާ ތިޔަބައިމީހުން ބައްދަލުވާހިނދު، އެއުރެންނަށް ފުރަގަސްދީ ތިޔަބައިމީހުން ނުދާހުށިކަމެވެ!
آية رقم 16
ހަނގުރާމައަކަށް އުކުޅެއްހަދާމީހެއްގެ ގޮތުގައި، ނުވަތަ (مؤمن) އެހެން ބަޔެއްގެ ފަރާތަށް ޖެހިލާމީހެއްގެ ގޮތުގައި މެނުވީ، އެދުވަހުން ފުރަގަސްދީ ދުރަށްދާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު اللَّه ގެ ކޯފާއާއިގެން އެނބުރި އަތުވެއްޖެކަން ކަށަވަރެވެ. އަދި އެމީހާ އުޅޭނެތަނަކީ، جهنّم އެވެ. އަދި (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
آية رقم 17
ފަހެ، ތިޔަބައިމީހުން އެ كافر ން قتل އެއް ނުކުރަމުއެވެ. އެހެނެއްކަމަކު، اللَّه، އެއުރެން قتل ކުރެއްވީއެވެ. (އެބަހީ: كافر ން قتل ވެގެންދިޔައީ ތިޔަބައިމީހުންގެ ބާރަކުން ނޫނެވެ. اللَّه ދެއްވި نصر ގެ ބާރުންނެވެ.) އަދި ކަލޭގެފާނު (ހިލަ މުށެއް) އުއްކަވައިލެއްވިހިނދު، އުއްކަވައިލެއްވީ ކަލޭގެފާނެއްނޫނެވެ. އެހެނެއްކަމަކު، އުއްކަވައިލެއްވީ، اللَّه އެވެ. އަދި އެކަމުން ރިވެތިވެގެންވާ امتحان އަކުން مؤمن ން امتحان ކުރެއްވުމަށެވެ. ހަމަކަށަވަރުން، اللّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
آية رقم 18
ﭩﭪﭫﭬﭭﭮ
ﭯ
އެއީ އެކަން އޮތްގޮތެވެ. އަދި ހަމަކަށަވަރުން، اللَّه އީ، كافر ންގެ މަކަރުވެރި ރޭވުންތައް ނިކަމެތިކުރައްވާ ރަސްކަލާނގެއެވެ.
آية رقم 19
ތިޔަބައިމީހުން (އެބަހީ: كافر ން) އިންސާފަށް އެދޭނަމަ، ފަހެ، ހަމަކަށަވަރުން، ތިޔަބައިިމީހުންނާ ހަމަޔަށް ނިޔާ އަތުވެއްޖެއެވެ. އަދި ތިޔަބައިމީހުން (عداوة ތެރިވުން) ހުއްޓައިލާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން، އެނބުރި (عداوة ތެރިވުމަށް) އަންނަނަމަ، ތިމަންރަސްކަލާނގެ (مؤمن ންނަށް نصر ދެއްވުމަށް) ވޮޑިގެންވާހުށީމެވެ. އަދި ތިޔަބައިމީހުންގެ ބައިގިނަވެގެންވީ ކަމުގައިވިޔަސް، ތިޔަބައިމީހުންނަށްޓަކައި، އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، مؤمن ންނާ އެކުގައެވެ.
آية رقم 20
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން (އެކަލޭގެފާނު ވިދާޅުވާ އެއްޗެއް) އަޑުއަހާންތިބެފައި، އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ!
آية رقم 21
އަދި ނާހައިތިބެމެ، ތިމަންމެން އަހައިފީމުއޭ ބުނި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ!
آية رقم 22
ހަމަކަށަވަރުން، ދިރޭ ތަކެތީގެ ތެރެއިން اللَّه ގެ حضرة ގައި އެންމެ ނުބައިކަން ބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެއުރެންނީ، ނުވިސްނާ ބަޔެކެވެ. (އެބަހީ: حق ގެބަސް ނުބުނާ، އެ އަޑުނާހާ، حق އާއި، باطل ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ.)
آية رقم 23
އެއުރެންގެ ކިބައިގައި، ހެޔޮކަމެއްވާކަން اللَّه ދެނެވޮޑިގެންފިނަމަ، އެއުރެންނަށް އިއްވެވީސްކަން ކަށަވަރެވެ. އަދި އެއުރެންނަށް އިއްވެވި ނަމަވެސް، ފުރަގަސްދޭ حال، އެއުރެން އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ.
آية رقم 24
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށް رسول އާ ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، اللَّه އަށާއި، رسول އާއަށް ތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ! އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، اللَّه، އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުއްވަތެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން (قيامة ދުވަހުން) އެއްކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ.
آية رقم 25
އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ފިތުނައައިސް ޖެހިދާހުށީ، ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަންޏެއްނޫނެވެ. އަދި ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!
آية رقم 26
ބިމުގައި ތިޔަބައިމީހުން عدد މަދު، ނިކަމެތި ބަޔަކު ކަމުގައި ވީހިނދު، ހަނދުމަކުރާށެވެ! (އެހިނދު) ތިޔަބައިމީހުންތިބީ (عداوة ތެރި) މީހުން ތިޔަބައިމީހުން ޖަހައިގަނެގެން ގެންގޮސްފާނެކަމަށް ބިރުގެންފައެވެ. ދެން އެކަލާނގެ ތިޔަބައިމީހުންނަށް ހިޔާވަހިކަން ދެއްވިއެވެ. އަދި އެކަލާނގެ نصر ން ތިޔަބައިމީހުންނަށް ގަދަކަން ދެއްވިއެވެ. އަދި ރަނގަޅު ތަކެތިން ތިޔަބައިމީހުންނަށް رزق ދެއްވިއެވެ. (އެއީ) ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ.
آية رقم 27
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللّه އަށާއި، رسول އާއަށް ތިޔަބައިމީހުން خيانة ތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ أمانة ތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން خيانة ތެރި ނުވާށެވެ!
آية رقم 28
އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންނަކީ، امتحان އެކެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ދަރުމަ ވަނީ، اللَّه ގެ حضرة ގައެވެ.
آية رقم 29
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާނަމަ، ތިޔަބައިމީހުންނަށް حق އާއި، باطل ވަކިކުރާނެ މަގު، އެކަލާނގެ ދައްކަވާނެތެވެ. އަދި ތިޔަބައިމީހުންގެ ކިބައިން ކުށްފާފަތައް ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.
آية رقم 30
كافر ވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު، ހަނދުމަކުރައްވާށެވެ! އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި اللَّه (އެއުރެންގެ ރޭވުންތައް، باطل ކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) تدبير ކުރައްވަތެވެ. اللَّه އީ، މަކަރުވެރިންނަށްވުރެ، تدبير ކުރެއްވުން މޮޅު ރަސްކަލާނގެއެވެ.
آية رقم 31
އަދި އެއުރެންނަށް، ތިމަންރަސްކަލާނގެ آية ތައް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެއްވާހިނދު، އެއުރެން ބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން ތިޔަ އަޑުއެހީމުއެވެ. ތިމަންމެން އެދޭނަމަ، ތިމަންމެންވެސް ތިޔަކަހަލަ ބަސްތަކެއް ކިޔައިފީމުހެވެ. ތިޔައީ، އެވޭލާ މީހުންގެ ފުލޯކު ވާހަކަތަކެއް ކަމުގައި މެނުވީ ނުވެއެވެ.
آية رقم 32
އަދި އެއުރެން ބުނިހިނދު ހަނދުމަކުރާށެވެ! އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއީ، އިބަރަސްކަލާނގެ حضرة ން އައި حق ބަސްފުޅު ކަމުގައިވާނަމަ، ފަހެ، އަޅަމެންގެ މައްޗަށް އުޑުން ހިލަތަކެއް ވެއްސަވައިފާނދޭވެ! ނުވަތަ އަޅަމެންނަށް ވޭންދެނިވި عذاب އެއް ދެއްވައިފާނދޭވެ!
آية رقم 33
އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، اللَّه، އެއުރެންނަކަށް عذاب އެއް ނުދެއްވާނެތެވެ. އަދި އެއުރެން استغفار ކޮށްކޮށް ތިއްބައި، اللَّه، އެއުރެންނަކަށް عذاب އެއް ނުދެއްވާނެތެވެ.
آية رقم 34
އެއުރެންނަށް اللَّه، عذاب ނުދެއްވުމަށް އެއުރެންނަށް އޮތީ ކޮން عذر އެއް ހެއްޔެވެ؟ އެއުރެން އެތިބަ حرمة ތެރިވެގެންވާ މިސްކިތުން (މީސްތަކުން) ދުރުކުރަނީއެވެ. އެއުރެންނަކީ، އެތާނގެ ބެލެހެއްޓުންތެރިންނެއްވެސް ނޫނެވެ. تقوى ވެރިން މެނުވީ އެތާނގެ ބެލެހެއްޓުންތެރިން ކަމުގައި ނުވެތެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.
آية رقم 35
ގެފުޅުގެ އަރިހުގައި އެއުރެންކުރާ އަޅުކަމަކީ، ތުބުންފުމުމާއި، އަތްތިލަބަޑިިޖެހުން ކަމުގައި މެނުވީ ނުވެތެވެ. ފަހެ، ތިޔަބައިމީހުން كافر ވެ އުޅުނުކަމުގެ ސަބަބުން، ތިޔަބައިމީހުން عذاب ގެ ރަހަ ލިބިގަންނާށެވެ!
آية رقم 36
ހަމަކަށަވަރުން، كافر ވި މީހުން، اللَّه ގެ މަގުން މީސްތަކުން ދުރުކުރުމަށް، އެއުރެންގެ މުދާތައް ހޭދަކުރެތެވެ. ފަހެ، އެއުރެން އެތަކެތި ހޭދަކުރަމުން ގެންދާނެތެވެ. ދެން އެ މުދާތައް، އެއުރެންގެ މައްޗަށް ހުރި ހިތާމަޔަކަށް ވެގެންދާނެތެވެ. ދެން އެއުރެން ބަލިކުރައްވާނެތެވެ. އަދި كافر ވިމީހުން ނަރަކައަށް ޖަމާކުރައްވާނެތެވެ.
آية رقم 37
(އެއީ) اللَّه، ރަނގަޅު މީހުންނާއި، ނުބައި މީހުން ވަކިކުރައްވައި، ނުބައި މީހުން އެކަކުގެ މައްޗަށް އަނެކަކު ލައްވައި، އެންމެން އެކުގައި ފުނިޖައްސަވައި، ނަރަކައިގެތެރެއަށް ލެއްވުމަށްޓަކައެވެ. އެއުރެންނީ ހަމަ، ގެއްލެނިވެގެންވާ މީހުންނެވެ.
آية رقم 38
كافر ވި މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން (ހަނގުރާމަކުރުމާއި، كافر ކަން) ހުއްޓާލައިފިނަމަ، އެއުރެންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާހުށްޓެވެ. އަދި އެއުރެން (އެކަންކަމަށް) އަލުން އެނބުރި އަންނަނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިސްވެދިޔަ މީހުންނަށް ވެގެންދިޔަގޮތުގެ މިސާލު ފާއިތުވެ ހިނގައްޖެއެވެ.
آية رقم 39
ފިތުނަވެރިކަމާއި، كافر ކަން ހުއްޓި، މުޅި دين ވަނީ، اللَّه އަށްޓަކާ ކަމުގައި ހިމެނިއްޖައުމަށްދާނދެން، ތިޔަބައިމީހުން އެ كافر ންނާ ހަނގުރާމަކުރަމުން ގެންދާށެވެ! ފަހެ، އެއުރެން ހުއްޓާލައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، އެއުރެންކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
آية رقم 40
އަދި އެއުރެން (ހަނގުރާމައަށް) އެނބުރިގެންފިނަމަ، ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންނަށް نصر ދެއްވާ އެހީތެރިވަންތަ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! އެހީތެރިވެވޮޑިގެންވާ ކަލާނގެ މޮޅުކަމާއެވެ! އަދި نصر ދެއްވާ ކަލާނގެ މޮޅުކަމާއެވެ!
آية رقم 41
ތިޔަބައިމީހުން ދަންނާށެވެ! ތިޔަބައިމީހުން غنيمة ކުޅަ މުދަލެއްގެ ފަސްބައިކުޅަ އެއްބައިވަނީ اللَّه އަށާއި، (އެކަލާނގެ) رسول އާއަށާއި، (އެކަލޭގެފާނުގެ) ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ދަތުރުވެރިންނަށެވެ. (އެއީ) اللَّه އަށާއި، حق އާއި، باطل ވަކިވުމުގެ ދުވަހު، ދެ لشكر ބައްދަލުވީ ދުވަހު، ތިމަންރަސްކަލާނގެ އަޅާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، ތިޔަބައިމީހުން إيمان ވާ ކަމުގައިވާނަމައެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (ނޯޓު: ގިނަ مفسّر ން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، غنيمة މުދާ ބެހެނީ ފަސްބަޔަކަށެވެ. އޭގެތެރެއިން ހަތަރުބައި ލިބެނީ، ހަނގުރާމައިގައި ބައިވެރިވި مسلم ންނަށެވެ. އަނެއްބައި خاص ކުރެވިގެންވަނީ، މި آية ގައި ނަންގަނެވިގެންވާ ފަސްބަޔަކަށެވެ. اللَّه އާއި، رسول އާގެ ބައި އެއީ އެއްބައެކެވެ.)
آية رقم 42
ތިޔަބައިމީހުން (بدر ގެވާދީގެ) ކައިރިފަރާތުގައި، އަދި އެއުރެން ދުރުފަރާތުގައި، އަދި ވިޔަފާރި قافلة ތިޔަބައިމީހުންނަށްވުރެ ތިރީ ބިިމުގައިވީހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން (އެ كافر ންގެ لشكر އާ ހަނގުރާމަ ކުރުމަށް) އެއްބަޔަކު އަނެއްބަޔަކަށް وعد ވީ ނަމަވެސް، ތިޔަބައިމީހުން އެ وعد ވީގޮތާ خلاف ވީހެވެ. އެހެނެއްކަމަކު (ދެ لشكر ބައްދަލުކުރުއްވީ) اللَّه ނިޔާކުރައްވާފައިވާ ކަމެއް ހަމަޖެހި، ނިމިގެން ދިޔުމަށްޓަކައެވެ. (އެއީ) ހަލާކުވެގެންދާ ބަޔަކު ސާފު ހެތްކާއެކު، ހަލާކުވެގެން ދިޔުމަށެވެ. އަދި ދިރިގެން އަންނާނޭ ބަޔަކު، ސާފު ހެތްކާއެކު، ދިރިގެން އައުމަށެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.
آية رقم 43
اللَّه، އެއުރެން (އެބަހީ: مشرك ންގެ لشكر) މަދު މީސްކޮޅެއްގެ ގޮތުގައި ކަލޭގެފާނަށް ހުވަފެންފުޅުގައި ދެއްކެވިހިނދު، ހަނދުމަކުރާށެވެ! އަދި އެއުރެން ގިނަބަޔަކު ކަމުގައި ދެއްކެވިނަމަ، ތިޔަބައިމީހުން ފިނޑިވެއްޖައީސްކަން ކަށަވަރެވެ. އަދި އެ ހަނގުރާމަކުރުމާމެދު، ތިޔަބައިމީހުން ދެބަސްވެގަންނަން ޖެހުނީސްކަން ކަށަވަރެވެ. ނަމަވެސް، اللَّه (ތިޔަބައިމީހުން) ސަލާމަތްކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
آية رقم 44
އަދި ތިޔަބައިމީހުން (ދެ لشكر) ބައްދަލުވީހިނދު، އެކަލާނގެ ތިޔަބައިމީހުންގެ ލޯތަކަށް އެއުރެން މަދު މީސްކޮޅެއްގެ ގޮތުގައި، ދައްކަވައި އަދި އެއުރެންގެ ލޯތަކަށް ތިޔަބައިމީހުން މަދުކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއީ އެކަލާނގެ ނިޔާކުރައްވާފައިވާ ކަމެއް ނިމިގެން ދިޔުމަށްޓަކައެވެ. އަދި އެންމެހާ ކަންތައް رجوع ކުރައްވާހުށީ، اللَّه ގެ حضرة އަށެވެ.
آية رقم 45
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (كافر ންގެ ހަނގުރާމަވެރި) ބަޔަކާ ބައްދަލުވެއްޖެނަމަަ ސާބިތުވެ ތިބޭހުށިކަމެވެ! އަދި ގިނަގިނައިން اللَّه ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ.
آية رقم 46
އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.
آية رقم 47
ބޮޑާވެ، މީސްތަކުންނަށް ކަންދެއްކުމުގެ ގޮތުން، އަދި اللَّه ގެ މަގުން މީސްތަކުން ދުރުކުރާ حال، އެއުރެންގެ ގެދޮރުން ނުކުމެގެންދިޔަ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! اللَّه އީ، އެއުރެންކުރާ عمل ތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
آية رقم 48
އެއުރެންގެ (ނުބައި) عمل ތަކަކީ، ޒީނަތްތެރި عمل ތަކެއް ކަމުގައި شيطان އާ އެއުރެންނަށް ދެއްކިހިނދު، ހަނދުމަކުރާށެވެ! އަދި އެކަލޭގެ (އެއުރެންނަށް) ބުންޏެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަށް ގަދަވެގަންނާނޭ އެއްވެސް މީހަކު، މީސްތަކުންގެ ތެރެޔަކުން ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަން މިހުރީ ތިޔަބައިމީހުންގެ ރައްކާތެރިޔަކަށެވެ. ފަހެ، ދެ لشكر، އެއްބަޔަކު، އަނެއްބަޔަކަށް ފެނިގެން އައިހިނދު، އެކަލޭގެ ފުރަގަސްދީ ފިލަން ދުއްވައިގަތެވެ. އަދި އެކަލޭގެ ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކިބައިން ތިމަން ބަރީއަވެގެންވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ނުފެންނަ ކަންތައް، ތިމަންނާއަށް އެބަފެނެއެވެ. ހަމަކަށަވަރުން، اللَّه އަށް ތިމަން ބިރުގަނެއެވެ. އަދި اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.
آية رقم 49
منافق ންނާއި، އެއުރެންގެ ހިތްތަކުގައި (كفر ގެ) ބަލިމަޑުކަމެއްވާ މީހުން ބުނިހިނދު ހަނދުމަކުރާށެވެ! މިބައިމީހުންގެ (އެބަހީ: مسلم ންގެ) دين އެއުރެން ހެއްލުންތެރިކޮށްފިއެވެ. އަދި اللَّه އަށް وكيل ކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
آية رقم 50
ملائكة ން، كافر ވި މީހުންގެ މަރު ހިއްޕަވާހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. އެއުރެންގެ މޫނުތަކުގައްޔާއި، ބުރިކަށި ތަކުގައި އެ ملائكة ން ތަޅުއްވާ حال ގައެވެ. އަދި (އެހިނދު އެ ملائكة ން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން އަނދައަނދާހުރި އަލިފާނުގެ عذاب ގެ ރަހަ ލިބިގަންނާށެވެ!
آية رقم 51
އެއީ ތިޔަބައިމީހުންގެ އަތްތަކުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، اللَّه އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިިގެންވާ ކަލަކު ކަމުގައި ނުވެތެވެ.
آية رقم 52
(އެއުރެންގެ އާދަ ވީ) فرعون ގެ މީހުންނާއި، އެއުރެންގެ ކުރިންއުޅުނު (ނުބައި) މީހުންގެ އާދަ ފަދައިންނެވެ. އެއުރެންވެސް اللَّه ގެ آية ތަކަށް كافر ވިއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން اللَّه އެއުރެން ހަލާކު ކުރެއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، ގަދަފަދަވަންތަ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.
آية رقم 53
އެއީ ބަޔަކުމީހުންނަށް اللَّه ދެއްވާފައިވާ نعمة އެއް، އެބަޔަކުގެ އަމިއްލަ نفس ތަކުގައިވާ ކަންތައް އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާނދެން ހަމަކަށަވަރުން، އެކަލާނގެ ބަދަލެއް ނުކުރައްވާނެއެވެ. އަދި ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
آية رقم 54
(އެއުރެންގެ އާދަ ވީ) فرعون ގެ މީހުންނާއި، އެއުރެންގެ ކުރިން އުޅުނު (ނުބައި) މީހުންގެ އާދަ ފަދައިންނެވެ. އެއުރެންވެސް، އެއުރެންގެ ވެރިރަސްކަލާނގެ آية ތައް ދޮގުކުޅައޫއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރެއްވީމެވެ. އަދި فرعون ގެމީހުން غرق ކުރެއްވީމެވެ. އެ އެންމެންވީ، އަނިޔާވެރިން ކަމުގައެވެ.
آية رقم 55
ހަމަކަށަވަރުން، ދިރޭތަކެތީގެ ތެރެއިން، اللَّه ގެ حضرة ގައި އެންމެ ނުބައިކަން ބޮޑުބަޔަކީ، كافر ވީ މީހުންނެވެ. ފަހެ، އެއުރެން إيمان އެއް ނުވާނެތެވެ.
آية رقم 56
އެއުރެންނަކީ، ކަލޭގެފާނު އެއުރެންނާ عهد ކުރެއްވި މީހުންނެވެ. ދެން ކޮންމެފަހަރަކު، އެއުރެން، އެއުރެންގެ عهد އުވާލައެވެ. އަދި އެއުރެން (اللَّه އަށް) ބިރުވެތިވާކަމުގައި ނުވެތެވެ.
آية رقم 57
ފަހެ، ހަނގުރާމައިގައި، ކަލޭގެފާނު އެއުރެން އަތުލައްވައިފިނަމަ، އެއުރެންގެ ފަހުން އަންނާންތިބި ބަޔަކު ވަކިވަކިވެގެންދާނޭގޮތުން، އެއުރެންނަށް އަދަބު ދެއްވާށެވެ! (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.
آية رقم 58
ބަޔަކުމީހުންގެ ކިބައިން خيانة ތެރިކަމެއް އަތުވެދާނެކަމަށް، ކަލޭގެފާނު ބިރުފުޅުގަންނަނަމަ (އެބަޔަކާއެކު ކޮށްފައިވާ معاهدة އެއް) އެބަޔަކުގެ މައްޗަށް އަނބުރާ ރައްދުކުރައްވާށެވެ! ހަމަހަމަވާގޮތުގެ މަތިންނެވެ. ހަމަކަށަވަރުން، خيانة ތެރިންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
آية رقم 59
(މިންޖުވެ) ކުރިއަރައިގެން ދެވޭނެކަމަށް كافر ވި މީހުން ހީނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އެއުރެންނަކަށް (اللَّه) ނުކުޅައްދައެއް ނުލެވޭނެތެވެ.
آية رقم 60
އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން اللَّه ގެ عدوّ ންނާއި، ތިޔަބައިމީހުންގެ عدوّ ންނާއި، އެއުރެންނޫން އެހެންބަޔަކު ބިރުގެންނެވުމަށްޓަކައެވެ. ތިޔަބައިމީހުންނަކަށް އެއުރެންނެއް ނޭނގެތެވެ. اللَّه، އެއުރެން ދެނެވޮޑިގެންވެތެވެ. އަދި اللَّه ގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް، ތިޔަބައިމީހުންނަށް ފުރިހަަމަޔަށް ލިބޭނެތެވެ. އަދި ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.
آية رقم 61
އަދި صلح އިގެ ފަރާތަށް އެއުރެން ލެނބިލައިފިނަމަ، ކަލޭގެފާނުވެސް (އެގޮތް قبول ކުރައްވައި) އެފަރާތަށް ލެނބިވަޑައިގަންނަވާށެވެ! އަދި اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
آية رقم 62
އަދި ކަލޭގެފާނަށް ކެހިދިނުމަށް އެއުރެން قصد ކުރާނަމަ، ފަހެ، ހަމަކަށަވަރުން، ކަލޭގެފާނަށް اللَّه ފުދެތެވެ. އެކަލާނގެއީ، އެކަލާނގެ نصر އާއި، مؤمن ން މެދުވެރިކުރައްވައިގެން، ކަލޭގެފާނަށް ގަދަކަންދެއްވި ރަސްކަލާނގެއެވެ.
آية رقم 63
އަދި އެކަލާނގެ އެއުރެންގެ ހިތްތައް (އެބަހީ: مؤمن ންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ. ކަލޭގެފާނު ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރެއްވިޔަސް އެއުރެންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު، اللَّه، އެއުރެން އެކުވެރި ކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
آية رقم 64
އޭ ނަބިއްޔާއެވެ! ކަލޭގެފާނަށް اللَّه ފުދެތެވެ. އަދި مؤمن ންގެ ތެރެއިން ކަލޭގެފާނަށް تبع ވީ މީހަކަށްވެސް މެއެވެ.
آية رقم 65
އޭ ނަބިއްޔާއެވެ! (دين ގެ دفاع ގައި) ހަނގުރާމަކުރުމަށް مؤمن ތަކުންނަށް ކަލޭގެފާނު ހިތްވަރުދެއްވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކެތްތެރި ވިހި މީހުން ތިބިނަމަ (كافر ންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އަދި ތިޔަބައިމީހުންކުރެ، ސަތޭކަމީހުން ތިބިނަމަ، كافر ވި މީހުންގެ ތެރެއިން އެއްހާސްމީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އެހެނީ އެއުރެންނަކީ ނުވިސްނޭ ބަޔެކެވެ.
آية رقم 66
މިހާރު، اللَّه ތިޔަބައިމީހުންގެ ކިބައިން ލުއިކުރައްވައިފިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ބަލިކަށިކަމެއްވާކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، ތިޔަބައިމީހުންކުރެ، ކެތްތެރި ސަތޭކަ މީހުން ތިބިނަމަ، (އެއުރެންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އަދި ތިޔަބައިމީހުންކުރެ އެއްހާސް މީހުން ތިބިނަމަ (އެއުރެންގެ) ދެހާސް މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. اللَّه ގެ إذن ޔާ އެކުގައެވެ. اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.
آية رقم 67
(ހަނގުރާމައިގެ) ބިމުގައި (عدوّ ންގެ މެދުގައި) قتل ގިނަވެއްޖައުމަށް ދާނދެން (އެބަހީ: مسلم ން ގަދަވެ قتل ވެވޭ عدوّ ންގެ عدد ގިނަވެ، ހަނގުރާމައަށް ނުކުޅެދިއްޖައުމަށްދާނދެން) ހަނގުރާމައިގައި މީހުންހިފައި ހައްޔަރުކުރުމަކީ، އެއްވެސް ނަބިއްޔަކަށް އޮތްކަމެއްނޫނެވެ. ދުނިޔޭގެ މުދަލަށް ތިޔަބައިމީހުން އެދެމުއެވެ. اللَّه އިރާދަކުރައްވަނީ، آخرة އެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
آية رقم 68
اللَّه ކަނޑައަޅުއްވައި ލިޔުއްވާފައިވާ حكم އެއް އިސްވެގޮސްފައިނުވާނަމަ، ތިޔަބައިމީހުން ހިފިތަކެއްޗާމެދު ތިޔަބައިމީހުންނަށް ބޮޑުވެގެންވާ عذاب އެއް އައިސް ޖެހިއްޖައީހެވެ.
آية رقم 69
ފަހެ، ތިޔަބައިމީހުންނަށް غنيمة ގެ ގޮތުން ލިބިފައިވާ ތަކެތި حلال ރަނގަޅު ތަކެތީގެ ގޮތުގައި ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.
آية رقم 70
އޭ ނަބިއްޔާއެވެ! ތިޔަބައިމީހުންގެ އަތްދަށުގައި (ހަނގުރާމައިގައި) ހައްޔަރުވެފައިވާ މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގައި އެއްވެސް ހެޔޮކަމެއްވާކަން اللَّه ދެނެވޮޑިގެންވާނަމަ، ތިޔަބައިމީހުން އަތުން އަތުލެއްވި ތަކެއްޗަށްވުރެން ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. އަދި اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.
آية رقم 71
އަދި އެއުރެން އެދެނީ ކަލޭގެފާނަށް خيانة ތެރިވުން ކަމުގައިވާނަމަ، (ދަންނާށެވެ!) ފަހެ، އޭގެކުރިން ހަމަކަށަވަރުން، އެއުރެން اللَّه އަށް خيانة ތެރިވިއެވެ. ދެން އެކަލާނގެ އެއުރެންގެ މައްޗަށް ކަލޭގެފާނު ބާރުވެރި ކުރެއްވިއެވެ. އަދި اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ.
آية رقم 72
ހަމަކަށަވަރުން، إيمان ވެ هجرة ކޮށް އެއުރެންގެ މުދާތަކާއި، نفس ތަކުން اللَّه ގެ މަގުގައި جهاد ކޮށް އުޅުނު މީހުންނާއި، (އެއުރެންނަށް) ހިޔާވަހިކަންދީ، نصر ދިންމީހުން (ދަންނާށެވެ!) އެއުރެންގެ އެއްބަޔަކީ، އަނެއްބަޔެއްގެ އެހީތެރިންނެވެ. އަދި إيمان ވެ هجرة ނުކޮށްތިބި މީހުން (ދަންނާށެވެ!) އެއުރެން هجرة ކޮށްފުމަށްދާނދެން، އެއުރެންނަށް އެހީތެރިވުމުގެ އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް ނެތެވެ. އަދި دين ގެ ނަމުގައި އެއުރެން ތިޔަބައިމީހުންގެ އެހީއަށް އެދިއްޖެނަމަ، އެއުރެންނަށް نصر ދިނުން ތިޔަބައިމީހުންގެ މައްޗަށް ހުށްޓެވެ. އެއުރެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި معاهدة އެއް ކޮށްފައިވާ قوم އަކާ ދެކޮޅަށް މެނުވީއެވެ. اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
آية رقم 73
كافر ވި މީހުން (ދަންނާށެވެ! (އެއުރެންގެ އެއްބަޔަކީ، އަނެއްބަޔެއްގެ އެހީތެރިންނެވެ. ތިޔަބައިމީހުން އެކަންނުކުރާނަމަ) އެބަހީ: ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް نصر ދީ އެހީވެ ނޫޅޭނަމަ) ބިމުގައި ފިތުނަވެރިކަމާއި، ބޮޑުވެގެންވާ ފަސާދަވެރިކަން އުފެދިދާނެތެވެ.
آية رقم 74
އަދި إيمان ވެ هجرة ކޮށް، اللَّه ގެ މަގުގައި جهاد ކޮށްއުޅުނު މީހުންނާއި (އެއުރެންނަށް) ހިޔާވަހިކަންދީ نصر ދިން މީހުން (ދަންނާށެވެ!) حقيقة ގައި مؤمن ންނަކީ، ހަމަ އެއުރެންނެވެ. އެއުރެންނަށް ފާފަފުއްސެވުމާއި ދީލަތިވެގެންވާ رزق ހުށްޓެވެ.
آية رقم 75
އަދި އޭގެފަހުން إيمان ވެ، هجرة ކޮށް، ތިޔަބައިމީހުންނާއެކުގައި جهاد ކޮށް އުޅުނުމީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ ތިޔަބައިމީހުންގެ ތެރެއިންނެވެ. އަދި اللَّه ގެ ފޮތުގައި ކަނޑައަޅުއްވާފައިވާގޮތުގައި، ގާތްތިމާގެ މީހުން އޭގެ އެއްބަޔަކު އަނެއްބަޔަކާ أولى ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
تقدم القراءة