وَلَا تُؤۡمِنُوٓاْ إِلَّا لِمَن تَبِعَ دِينَكُمۡ قُلۡ إِنَّ ٱلۡهُدَىٰ هُدَى ٱللَّهِ أَن يُؤۡتَىٰٓ أَحَدٞ مِّثۡلَ مَآ أُوتِيتُمۡ أَوۡ يُحَآجُّوكُمۡ عِندَ رَبِّكُمۡۗ قُلۡ إِنَّ ٱلۡفَضۡلَ بِيَدِ ٱللَّهِ يُؤۡتِيهِ مَن يَشَآءُۗ وَٱللَّهُ وَٰسِعٌ عَلِيمٞ
އަދި، (އެއުރެން ބުނޫއެވެ.) ތިޔަބައިމީހުންގެ دين އަށް تبع ވީ މީހަކަށް މެނުވީ، ތިޔަބައިމީހުން إيمان ނުވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތެދުމަގަކީ اللَّه ގެ ތެދުމަގެވެ. ތިޔަބައިމީހުންނަށް ދެއްވާފައިވާފަދަ ކަމެއް އެހެން އެއްވެސް މީހަކަށް ދެއްވާފައިވާކަމަށް، (ތިޔަބައިމީހުން قبول ނުކުރާށެވެ!) އެހެންނޫންނަމަ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެން (އެބަހީ: مؤمن ން) ތިޔަބައިމީހުން حجّة ން ދެރަކޮށްފާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، فضل ވަންތަކަންވަނީ، اللَّه ގެ يدقدرة ފުޅުގައެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަމެއް ދެއްވަތެވެ. اللَّه އީ، ތަނަވަސްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Divehi - Divehi; Dhivehi; Maldivian translation